Header
Logo

ޕެޑްރީ ގޮންޒާލޭޒް

mesh

25 ނޮވެންބަރު 2002 (21 އަހަރު)

މިޑްފީލްޑަރު

ސްޕެއިން

ބާސެލޯނާ

އުމުރުން އެންމެ 19 އަހަރުގެ ޕެޑްރީ ގައުމީ ޓީމުގައި ވިދާލީ ޔޫރޯ 2020ގެ މުބާރާތުގަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް ސްޕެއިން ދަތުރުކުރިއިރު، ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭގެ ޓީމުގައި އެންމެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރީ ޕެޑްރީ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ މަގާމު ލިބުނީ ޕެޑްރީ އަށެވެ. އަދި މުބާރާތުގެ "ޓީމް އޮފް ދަ ޓޯނަމަންޓް"ގައި ހިމެނުނު ސްޕެއިންގެ ހަމައެކަނި ކުޅުންތެރިޔަކީ ވެސް ޕެޑްރީ އެވެ. އުމުރުން ކިތަންމެ ހަގުވިޔަސް، ޕެޑްރީގެ ތަޖުރިބާ މަދުކަން އޭނާ ފޫބައްދަނީ ހުނަރުންނެވެ. ޕެޑްރީގެ ކުޅުމަށް ބަލާއިރު، އޭނާ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާ އެވެ. ލަސް ޕަލްމާސް އިން ފާހަގަވި ޕެޑްރީ މީގެ ދެ އަހަރު ކުރިން ބާސެލޯނާ އަށް ބަދަލުވެ، ބާސެލޯނާގެ ސިސްޓަމުގެ ތެރެއިން ޑިވެލޮޕްވެގެން، އެ ހާސިލްކުރި ތަޖުރިބާތަކުގެ އަލީގައި ތަމްރީނުވެ، މިހާރު ސީނިއާ ޓީމުގެ މުހިންމު މަގާމެއް އަދާކުރަމުންދާ ޕެޑްރީ އަކީ މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް ވިދާލާނެ ކަމަށް ބެލެވޭ ކުޅުންތެރިއެކެވެ. ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ އެންމެ ބޮޑަށް އިތުބާރުކުރާ ކުޅުންތެރިއަކީ އެންރީކޭ އެވެ.