Header
Logo

އާރޮން މޯއީ

mesh

15 ސެޕްޓެންބަރު 1990 (33 އަހަރު)

މިޑްފީލްޑަރު

އޮސްޓްރޭލިއާ

ސެލްޓިކް

އޮސްޓްރޭލިއާ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އާރޮން މޫއީ ގައުމީ ޓީމަށް ކުޅެން ފެށީ 2012 ވަނަ އަހަރެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އާއި ބްރައިޓަން އަށް ކުޅެފައިވާ މޫއީ ވަނީ ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ވެސް މޫއީ ވަނީ އޮސްޓްރޭލިއާގެ ޓީމަށް ކުޅެފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕަށް އޮސްޓްރޭލިއާގެ ކޯޗު ގްރޭހަމް އާނޯލްޑް އެކުލަވާލާ ރޭވުންތަކުގައި، މޫއީގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެންމެ މަތީ ފަންތީގައި އޭނާ ހޯދާފައިވާ ތަޖުރިބާ އެވެ. ވޯލްޑް ކަޕަށް ކުރިމަތިލާއިރު، އޮސްޓްރޭލިއާ ޓީމަށް އަނިޔާ އާއި ފިޓްނަސްގެ މައްސަލަ ވަނީ ދިމާވެފަ އެވެ. އެއީ ފަހަކަަށް އައިސް ގަވާއިދުން ކްލަބް ލެވަލްގައި ކުޅެން ފުރުސަތު ލިބުން މަދުވެފައިވާ ކުޅުންތެރިން ވޯލްޑް ކަޕް ސްކޮޑުގައި ގިނަވުމެވެ. އެކަމަކު، މޯއީ އަކީ މި ފަހަރު ވެސް ސެލްޓިކާ އެކު ރަނގަޅު އަދަދަކަށް މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިއަކަށްވާތީ އޭނާ އަށް މާ ބޮޑު އުނދަގޫތަކެއް ކުރިމަތިނުވާނެ އެވެ.