Header
Logo

ލޫކަ މޮޑްރިޗް

mesh

9 ސެޕްޓެންބަރު 1985 (38 އަހަރު)

މިޑްފީލްޑަރު

ކްރޮއޭޝިއާ

ޕީއެސްޖީ

އުމުރުން 37 އަހަރުގައި ވެސް ލޫކަ މޮޑްރިޗްގެ ވިދުން ފަނޑެއް ނުވެ އެވެ. ރެއާލް މެޑްރިޑާއި ކްރޮއޭޝިއާގެ ގައުމީ ޓީމުގެ މިޑްފީލްޑްގެ އެންމެ މުހިންމު ރޯލެއް އަދާކުރަނީ މޮޑްރިޗެވެ. ކްރޮއޭޝިއާ ގައުމީ ޓީމަށް މޮޑްރިޗް ކުޅެން ފެށީ 2006 ވަނަ އަހަރެވެ. މިހާރު ކްރޮއޭޝިއާ ޓީމުގެ ކެޕްޓަންކަން ކުރަމުންދާ މޮޑްރިޗް ވަނީ ގައުމީ ޓީމަށް މިހާތަނަށް 150 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ. ކްރޮއޭޝިއާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލްގައި 2018 ވަނަ އަހަރު އެ ޓީމު ކުޅުނުއިރު، ކްރޮއޭޝިއާ ޓީމުގެ މުހިންމު ތަނބަކަށްވީ މޮޑްރިޗެވެ. 
މިއީ މޮޑްރިޗް ވޯލްޑް ކަޕްގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އޭނާ ފެންނާނެ ފަހު ފަހަރެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންންތެރިޔާ އަށް ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް ހޯދި މޮޑްރިޗަކީ މި ފަހަރުގެ ވޯލްޑް ކަަޕްގައި ކްރޮއޭޝިއާ އިން ބަރޯސާވާނެ އެއް ކުޅުންތެރިޔާ އެވެ.