Header
Logo

ޓަކޫމީ މިނަމީނޯ

mesh

16 ޖަނަވަރީ 1995 (29 އަހަރު)

ފޯވާޑް

ޖަޕާން

މޮނާކޯ

ވޯލްޑް ކަޕްގައި ޖަޕާންގެ ޓީމުން އެންމެ ގިނަ މީހުން ދަންނަ ކުޅުންތެރިއަކަށް ވާނީ ޓަކުމީ މިނަމީނޯ އެވެ. ކުރިން ލިވަޕޫލް އާއި ރެޑްބުލް ސާލްޒްބާގް އަށް ކުޅެ، މިހާރު ފްރާންސްގެ މޮނާކޯގައި ހުރި މިނަމީނޯ އަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ވިދުންގަދަ ޖަޕާންގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޖަޕާންގެ ގައުމީ ޓީމަށް މިނަމީނޯ ކުޅެން ފެށީ 2015 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ ޖަޕާނަށް 40 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ. އޭޝިއަން ކަޕްގެ ފައިނަލަށް 2019 ވަނަ އަހަރު ޖަޕާން ދަތުރުކުރިއިރު، މިނަމީނޯ ވަނީ އެ މުބާރާތުގައި ގައުމީ ޓީމަށް ކުޅެފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕަކީ މިނަމީނޯ ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. މީގެ ކުރިން ވޯލްޑް ކަޕްތަކުގައި ޖަޕާންގެ ފަރާތުން އިންޑިވިޖުއަލީ މޮޅެތި ކުޅުން ފެނިގެންގޮސްފައިވެ އެވެ. އިނަމޯޓޯ އާއި ނަކާޓާ ފަދަ ކުޅުންތެރިންނަށް ހުނަރު ސާބިތުކޮށްދޭން ލިބުނު ފުރުސަތަކީ ވޯލްޑް ކަޕްގައި ކުޅެލުމެވެ. މި ފަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި މިނަމީނޯގެ ވިދުން ގަދަވާނެ ސަބަބަކީ އޭނާއާ އެކު ކުޅެން ތިބި ޖަޕާންގެ ކުޅުންތެރިންނަކީ ވެސް ޔޫރަޕްގެ ލީގުތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިން ކަމަށްވުމެވެ.