Header
Logo

ސާރްގޭއި މިލިންކޮވިޗް ސަވިޗް

mesh

27 ފެބުރުވަރީ 1995 (29 އަހަރު)

މިޑްފީލްޑަރު

ސާބިއާ

ލާޒިއޯ

ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން ލިބިފައިވާ ސާބިއާގެ މިޑްފީލްޑަރު ސާރްގޭއި މިލިންކޮވިޗް-ސަވިޗް، މި ފަހަރު މި ކުޅެނީ އޭނާގެ ދެވަނަ ވޯލްޑް ކަޕެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އޭނާ ވަނީ ސާބިއާ އަށް ކުޅެފަ އެވެ. އެ ފަހަރު ވެސް ސާބިއާގެ މެޗުތަކުގައި އޭނާ ފެނުނީ ޒިންމާ ބޮޑު ޓީމަށް ފައިދާހުރި ކުޅުމެއް ދައްކާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިލިންކޮވިޗް-ސަވިޗް އަކީ މިޑްފީލްޑަގެ ކޮންމެ މަގާމަކަށް ވެސް ކުޅޭ ހުނަރުވެރި ކުޅުންތެރިއެކެވެ. ސާބިއާގެ މިޑްފީލްޑްގައި މިލިންކޮވިޗް ސަވިޗްގެ ރޯލު ވަރަށް ބޮޑެވެ. އެކަން ވޯލްޑް ކަޕް ކޮލިފައިންގައި ސާބިއާ ކުޅުނު މެޗުތަކުގައި ވެސް ފާހަގަވެގެން ދިޔަ އެވެ. ލާޒިއޯ އަށް ކުޅެމުން އަންނަ މިލިންކޮވިޗް ސަވިޗް ވަނީ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕްގެ އެއް ވަނަ ސާބިއާ އަށް ހޯދައިދޭން މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެންމެ ފަހުން ސާބިއާ ކުޅުނު މެޗުތަކުގައި ވެސް ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މިލިންކޮވިޗް ސަވިޗް ވަނީ ޓީމަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.