Header
Logo

ލިއޮނަަލް މެސީ

mesh

24 ޖޫން 1987 (36 އަހަރު)

ފޯވާޑް

އާޖެންޓީނާ

ޕީއެސްޖީ

ކްލަބުގެ ކާމިޔާބީތަކާއި އިންޑިވިޑުއަލް އެވޯޑްތަކަށް ބަލާއިރު، ލިއޮނަލް މެސީ އަށް ނުލިބޭ އެއްޗެއް ނެތެވެ. މެސީގެ ޓްރޮފީ ހަރުގަނޑުން މިހާރު މަދުވާ ހަމައެކަނި ތަށްޓަކީ ވޯލްޑް ކަޕެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް ތައްޓެއް ހޯދުމަށް މެސީ ކުރަމުންދިޔަ އިންތިޒާރު ނިމުނީ 2021 ވަނަ އަހަރު ކޮޕާ އެމެރިކާ މުބާރާތް އާޖެންޓީނާ އިން ކާމިޔާބު ކުރުމުންނެވެ. މި އަހަރުގެ ވޯލްޑް ކަޕަކީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ގޯލު ޖަހާފައިވާ މެސީ، ވޯލްޑް ކަޕްގައި ކުޅޭ ފަހު ފަހަރު ކަމަށް އޭނާ ވަނީ ކުރިން ބުނެފަ އެވެ. މިއީ މެސީގެ ފަސް ވަނަ ވޯލްޑް ކަޕް އެވެ. ވޯލްޑް ކަޕްގެ ކާމިޔާބީއާ މެސީ އެންމެ ގާތްކުރީ 2014 ވަނަ އަހަރެވެ. އެކަމަކު، އެ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ ވަނީ ބަލިވެފަ އެވެ. އެހެންކަމުން، މެސީގެ އުންމީދަކަށް ވާނީ 1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އެކި ލެވަލްތަކުގައި މެސީ އާޖެންޓީނާ އަށް ހޯދައިދީފައިވާ ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ 2008 ވަނަ އަހަރު އޮތް ބެއިޖިން އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދި އާޖެންޓީނާ ޓީމުގައި ހިމެނިފަ އެވެ. އަދި 2005 ވަނަ އަހަރު ނެދަލެންޑްސްގައި ބޭއްވި ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕާއި މި އަހަރު ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު ފައިނަލިސިމާ މެޗުން މޮޅުވެ، ޓްރޮފީ ކާމިޔާބުކުރި އެވެ. މި ވަގުތު މެސީ ހުރި ފޯމަށް ބަލާއިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެ އެވެ. ބާސެލޯނާ ދޫކޮށް މިދިޔަ އަހަރު ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު، ފުރަތަމަ ސީޒަނުގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ނަމަވެސް މި ސީޒަން ފެށިގެން މިހާތަނަށް ޕީއެސްޖީގެ މެޗުތަކުގައި އެންމެ ވިދުންގަދަކޮށް ފެންނަ ކުޅުންތެރިއަކީ މެސީ އެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ މި ފަަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، އެންމެ ބޮޑަށް ހިތްހަމަޖެހޭނެ ސަބަބަކީ އެ ޓީމު އެންމެ ފަހުން ކުޅުނު 35 މެޗުން ބަލިވެފައިނުވާއިރު، އެ ޓީމުގެ ލީޑަރު، މެސީ ރަނގަޅު ފޯމެއްގައި ހުުރުމެވެ. އާޖެންޓީނާ ފުޓްބޯޅަ ތަޖުރިބާކާރުން ދެކޭގޮތުގައި މިއީ ފަހަކަށް އައިސް މެސީ އެންމެ ރަނގަޅު ލެވަލެއްގައި ކުޅެމުން އައިސް ވޯލްޑް ކަޕަކާ ކުރިމަތިލާނެ ފަހަރެވެ މި ފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ޑިމާންޑް ބޮޑުވެފައިވަނީ އާޖެންޓީނާ މެޗުތަކުގެ ޓިކެޓެވެ. މިއީ މެސީގެ ފަހު ވޯލްޑް ކަޕް ކަމަށްވާތީ، އޭނާގެ ގިނަ ސަޕޯޓަރުންތަކެއް މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކަށް ދާން އަވަސްވެގަތެވެ.