Header
Logo

މެހެދީ ތަރޭމީ

mesh

18 ޖުލައި 1992 (31 އަހަރު)

ފޯވާޑް

އީރާން

ޕޯޓޯ

ވޯލްޑް ކަޕަށް އީރާން ކުރިމަތިލާއިރު، އެ ޓީމުގެ މުހިންމު ފޯވަޑް މެހްދީ ތަރޭމީ ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަށް 2020 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ މެހްދީ ވަނީ މި ސީޒަންގައި މިހާތަނަށް ޕޯޓޯގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އީރާންގެ އުންމީދަކަށް ވާނީ ތަރޭމީ ވޯލްޑް ކަޕަށް ދާއިރު ވެސް މި ފޯމުގައި ދެމިހުރެމެވެ. އީރާންގެ ގައުމީ ޓީމަށް ތަރޭމީ ކުޅެން ފެށީ 2015 ވަނަ އަހަރެވެ. ތަރޭމީ ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އީރާންގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އީރާން ގައުމީ ޓީމުގައި މީގެ ކުރިން ވިދާލި، މަޝްހޫރު ފޯވާޑް އަލީ ދާއީ އަށް ފަހު އެ ގައުމަށް ސީދާ ސެންޓަ ފޯވަޑަކަށް ކުޅޭނެ ކުޅުންތެރިއަކު މި ލިބުނީ ފުރަަތަމަ ފަހަރުކަން ގިނަ ބަޔަކު ހަނދާން ކުރަނީ ތަރޭމީގެ ކުޅުން ފެނިފަ އެވެ. ޔޫރަޕްގެ މަތީ ފެންތީގެ ކްލަބްތަކާ ދެކޮޅަށް ފަހަކަށް އައިސް ތަރޭމީ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބަޔަކު ފާރަލާނެ އެވެ.