Header
Logo

ސަޑިއޯ މާނޭ

mesh

10 އޭޕްރީލް 1992 (32 އަހަރު)

ފޯވާޑް

ސެނަގާލް

ބަޔާން މިއުނިކް

މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ސަޑިއޯ މާނޭ އަކީ ސެނެގާލްގެ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. ޓީމުގެ ކެޕްޓަންގެ މަގާމާ އެކު، ޓީމުގެ ލީޑުކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރަނީ އޭނާ އެވެ. ލިވަޕޫލްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ފަހު މިހާރު ޖަރުމަންގެ ބަޔާން މިއުނިކް އަށް ކުޅެމުންދާ މާނޭ އަކީ ސެނެގާލް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މާނޭ ވަނީ 2021 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ސެނެގާލް އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ. ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑްގެ ދެ ވަނަ، 2019 ވަނަ އަހަރާއި 2022 ވަނަ އަހަރު ހޯދާފައިވާ މާނޭ ވަނީ ސެނެގާލްގެ ޤައުމީ ޓީމަށް 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް ސެނެގާލްއާ ދެކޮޅަށް ނުކުންނަ ޓީމުތަކުގެ ޑިފެންޑަރުންނަށް އެންމެ ބޮޑު ނުރައްކަލަކަށް ވާނީ މާނޭ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް މާނޭގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުނުވިޔަސް، ސެނެގާލް ޓީމުން ވަނީ މާނޭ އެ ޓީމުގެ ސްކޮޑުގައި ހިމަނައިފަ އެވެ. ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ބުނީ މާނޭގެ ބައިވެރިވުން މުހިންމު ކަމަށެވެ.