Header
Logo

ކޭލޯ ނަވާސް

mesh

15 ޑިސެންބަރު 1986 (37 އަހަރު)

ގޯލްކީޕަރު

ކޮސްޓަ ރިކާ

ޕީއެސްޖީ

ކޭލޯ ނަވާސް ވިދާލީ ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ކޮސްޓް ރީކާ ދަތުރުކުރިއިރު، ނަވާސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިހާރު ފްރާންސް ޕީއެސްޖީ އަށް ކުޅެމުންދާ ނަވާސްގެ ކްލަބު ކެރިއަރުގެ އެންމެ ބޮޑެތި ކާމިޔާބީތައް ހޯދީ ރެއާލް މެޑްރިޑްގަ އެވެ. ރެއާލްއާ އެކު، ނަވާސް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. ނަވާސް އެންމެ ފުރަތަމަ ކޮސްޓަ ރީކާގެ ގައުމީ ޓީމުން ޖާގަ ހޯދީ 2006 ވަނަ އަހަރެވެ. މިހާރު އޭނާ އަކީ ކޮސްޓަ ރީކާގެ ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ގައުމީ ޓީމުގައި ގަވާއިދުން ނަވާސް އަށް ކުޅުމުގެ ފުރުސަތު ލިބުނު ކަމުގައި ވިޔަސް ކްލަބް ލެވަލްގައި އޭނާ އަށް އެ ކަން ކުރުމަށް ކުރިމަތިވާ ޗެެލެންޖް ބޮޑެވެ. އެ ގޮތުން ނަވާސް، ރެއާލް ދޫކޮށްލަން ޖެހުނީ އެ ޓީމުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ ގަތުމުންނެވެ. އޭގެ ފަހުން، ޕީއެސްޖީއާ ނަވާސް ގުޅުނުއިރު، އެ ޓީމުގައި އޭނާ ހުއްޓައި، އިޓަލީ އަށް މިދިޔަ އަހަރު ޔޫެރޯ ކާމިޔާބު ކޮށްދިން ކީޕަރު، ޖިއަންލުއީޖީ ޑޮންނަރުންމާ އެ ޓީމާ ގުޅުނެވެ. އެހެންކަމުން، ނަވާސް އަށް ޕީއެސްޖީގައި ކުޅެލަން ލިބެނީ މަދު މެޗެކެވެ.