Header
Logo

ހެރީ ކޭން

mesh

28 ޖުލައި 1993 (30 އަހަރު)

ފޯވާޑް

އިންގްލެންޑް

ޓޮޓެންހަމް ހޮޓްސްޕާސް

އިންގްލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް 70 އަށްވުރެ ގިނަ މެޗު ކުޅެ، 50 އަށް ވުރެ ގިނަ ލަނޑު ޖަހާފައިވާ ކޭން ޤައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރެވެ. އިންގްލެންޑްގެ ކެޕްޓަންކަމާ ކޭން ހަވާލުވީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ފެށުމުގެ ކުރިންނެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް އިންގްލެންޑް ދިއުމުގައި ކޭންގެ ދައުރު ބޮޑެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ކޭން އެވެ. އިންގްލެންޑުން ފަހަކަށް އައިސް ބައިނަލްއަގުވާމީ ލެވަލްގައި ހޯދަމުން އަންނަ ކާމިޔާބީތަކުގައި ކޭންގެ ހިއްސާ ބޮޑެވެ. މުހިންމު މެޗުތަކުގައި އޭނާ ވަނީ ގޯލު ޖަހައި ޓީމު މޮޅުކޮށްދޭން މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ. އެންމެ ފަހުން، ބޭއްވި، މިދިޔަ އަހަރުގެ ޔޫރޯގެ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއިރު، އެ މުބާރާތުގައި ވެސް ކޭން ފާހަގަކުރެވުނެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ކޭންގެ އަމާޒަކަށް ވާނީ 1960 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިންގްލެންޑަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމެވެ. ކޭން އަކީ އިންގްލެންޑް ޓީމުގެ އެޓޭކް ލީޑުކުރުމުގެ ގޮތުން އެޓޭކް ވެސް ބަރޯސާވެފައި އޮންނާނެ ކުޅުންތެރިޔާ އެެވެ.