Header
Logo

ޔޯސުއާ ކިމިޗް

mesh

8 ފެބުރުވަރީ 1995 (29 އަހަރު)

މިޑްފީލްޑަރު

ޖަރުމަނު

ބަޔާން މިއުނިކް

ޔޯސުއާ ކިމިޗް އަކީ މެދުތެރެ އާއި ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ހެޔޮވަރު، ކުޅަދާނަ ކުޅުންތެރިއެކެވެ. ޑިފެންސްކުރުމާއި އެޓޭކްގައި ބައިވެރިވުމުގައި ވެސް އެއްވަރަށް ހިފަހައްޓާލާ ކުޅުންތެރިއެކެވެ. ޖަރުމަންގެ ބަޔާން މިއުނިކަށް ކުޅެމުންދާ ކިމިޗް ގައުމީ ޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރެވެ. އޭގެ ކުރިން ޔޫތު ލެވެލްގައި ޖަރުމަންގެ އެކި އުމުރު ފުރައިގެ ޓީމުތަކަށް އޭނާ ކުޅުނެވެ. ކިމިޗް މިހާތަނަށް ކުޅުނު ހަމައެކަނި ވޯލްޑް ކަޕަކީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް މުބާރާތެވެ. އެކަމަކު، މި އަހަރުގެ ވޯލްޑް ކަޕްގައި ކިމިޗްގެ ރޯލު ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ޖަރުމަނުގެ ކުރީގެ ކޯޗު ޔަކީމް ލޯ އެ ޓީމުގެ ކޯޗުގެ މަގާމު ދޫކޮށްލިއިރު، އެ ގައުމުގެ ފުޓްބޯޅައިގެ މުސްތަގުބަލު އޮތީ ރަނގަޅުކޮށް ކަމަށް ފާހަަގަކޮށް މިސާލު ޖެހި އެއް ކުޅުންތެރިއަކީ ކިމިޗް އެވެ. ކިމިޗް އަކީ މިހާރު ޖަރުމަނުގެ ކޯޗުކަމާ ހަވާލުވެހުރި، ހަންސީ ފްލިކްގެ ޕްލޭނުގައި މުހިންމު ކުޅުންތެރިއެކެވެ. ކުރިން ޖަރުމަނު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ފްލިކް މިހާރު ހެޑް ކޯޗަކަށް ހުރެ، ޓީމު ރޭވުމުގައި ކިމިޗް ފަދަ ކުޅުންތެރިންނަށް ބަރޯސާވާނެ އެވެ.