Header
Logo

ގިލެރްމޯ އޮޗޯއާ

mesh

13 ޖުލައި 1985 (38 އަހަރު)

ގޯލްކީޕަރު

މެކްސިކޯ

ކްލަބް އެމެރިކާ

މެކްސިކޯގެ ގައުމީ ޓީމަށް 2005 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ އޮޗޯއާ އަކީ މި ވަގުތު މެކްސިކޯގެ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އުމުރުން އެންމެ 20 އަހަރުން ފެށިގެން ގަވައިދުން މެކްސިކޯގެ ގައުމީ ޓީމުން ޖާގަ ހޯދަމުންދާ އޮޗޯއާ ވަނީ 2006، 2010، 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯގެ ގައުމީ ޓީމަށް ކުޅެފަ އެވެ. ކްލަބު ލެވެލްގައި ސްޕެއިން، ފްރާންސް އަދި ބެލްޖިއަމްގެ ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ އަކީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި މީގެ ކުރިން މޮޅު ކުޅުމެއް ދައްކާފައިވާ ކީޕަރެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި އޮޗޯއާގެ ތަޖުރިބާ މެކްސިކޯ އަށް ވަރަށް މުހިންމުވާނެ އެވެ. އޮޗޯއާގެ ކެރިއަރުގައި އަބަދުވެސް އުސްއައްޔަކަށް ވަނީ އޭނާ ވޯލްޑް ކަޕްގައި ދައްކާ ކުޅުމެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް އޭނާ ދައްކާ ކުޅުން ތަފާތުވާނެ ކަމަށް މެކްސިކޯ ސަޕޯޓަރުން އުންމީދުކުރެ އެވެ. މޮޅަށް ކުޅުމުގެ އިތުރުން އޮޗޯއާ އަށް ދެން އޮތް ޒިންމާ އަކީ މެކްސިކޯ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް އެހީތެރިވެދިނުމެވެ.