Header
Logo

ގްރޭނިޓް ޝަކާ

mesh

27 ސެޕްޓެންބަރު 1992 (31 އަހަރު)

މިޑްފީލްޑަރު

ސްވިޒަލެންޑް

އާސެނަލް

މީގެ ކުރިން، 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ގްރޭނިޓް ޝަކާ ސްވިޓްޒަލޭންޑްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ. ޝަކާ ވަނީ ސްވިޓްޒަލޭންޑް ޓީމަށް 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. މިހާރު ސްވިޓްޒަލޭންޑްގެ ޒިންމާތައް ވެސް އަދާކުރަމުންދާ ޝާކާގެ ލީޑަޝިޕާއި ތަޖުރިބާގެ ބޭނުން ސްވިޓްޒަލޭންޑަށް ވޯލްޑް ކަޕްގައި ވަރަށް މުހިންމުވާނެ އެވެ. މީގެ ކުރިން ސްވިޒަލެންޑުން ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތަފާތު ނަތީޖާތަކެއް ނެެރެފައިވެ އެވެ. އެ މެޗުތަކުގައި ވެސް ޝަކާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މި ފަހަރުގެ ސީޒަނުގައި ޝަކާ ފެންނަނީ ރަނގަޅު ފޯމެއްގަ އެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ގަބޫލުކުރާގޮތުގައި މި ފަހަރުގެ ވޯލްޑް ކަޕަށްދާއިރު، އާސެނަލްގެ ކުޅުންތެރިން ގައުމީ ޓީމުތަކުގައި ތަފާތު ދައްކަން ފަސޭހަވާނެ އެވެ. އެ ގޮތުން ސްވިޒަލެންޑްގައި ޝަކާ ވެސް ރަނގަޅު ކުޅުމެއް ދެއްކުމުގެ ފުރުސަތު ބޮޑެވެ.