Header
Logo

ފެޑެރީކޯ ވަލްވޭޑޭ

mesh

22 ޖުލައި 1998 (25 އަހަރު)

މިޑްފީލްޑަރު

އުރުގުއޭ

ރެއާލް މެޑްރިޑް

އުރުގުއޭގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި އެންމެ ފޯމުގައި މި ވަގުތުހުރި ކުޅުންތެރިޔަކީ ފެޑެރީކޯ ވަލްވޭޑޭ އެވެ. ރެއާލް މެޑްރިޑަށް ކުޅެމުންދާ ވަލްވޭޑޭ އަކީ މިޑްފީލްޑާއި ޑިފެންސްގެ މަގާމުތަކަށް އެއްވަރަކަށް ކުޅޭ ކުޅުންތެރިއެކެވެ. ހުނަރާ އެއްވަރަށް ވަލްވާޑޭ މަޝްހޫރު ވެފައި ވަނީ މަސައްކަތުގެ ރޭޓް ރަނގަޅު ކުޅުންތެރިއެއް ގޮތުގަ އެވެ. ވަލްވޭޑޭ އަށް ގައުމީ ޓީމުން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 2017 ވަނަ އަހަރެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި އުރުގުއޭގެ ޓީމުގައި ވަލްވާޑޭގެ ރޯލު ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އުރުގުއޭ ޓީމުގައި މީގެ ކުރިން ވިދާލާފައިވާ އަލްވާރޯ ރެކޯބާ އާއި ކްރިސްޓިއަން ރޮޑްރިގޭޒް ފަދަ ކުޅުންތެރިންގެ ސްޓައިލަށް ވުރެން، ވަލްވޭޑޭ އަކީ ތަފާތު ޓެކްނިކަލީ ހުނަރުވެރި ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ފާހަގަކުރާގޮތުގައި އެ ޓީމުގައި ވަލްވޭޑޭ ދައްކާ ތަފާތު ކުޅުން މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ތަކުރާރުކުރެވޭނެ އެވެ. ރެއާލުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ހޯދިއިރު، ވަލްވޭޑޭ މޮޅަށް ކުޅުނެވެ.