Header
Logo

ކްރިސްޓިއަން އެރިކްސަން

mesh

14 ފެބުރުވަރީ 1992 (32 އަހަރު)

މިޑްފީލްޑަރު

ޑެންމާކް

މެންޗެސްޓާ ޔުނައިޓެޑް

ޔޫރޯ 2020ގައި ކުރިމަތިވި ހިތުގެ މައްސަލައަކާ ގުޅިގެން، ކުޅުމާ ދުރުގައި ހުރުމަށް ފަހު، އެރިކްސަން އެނބުރި އައީ ހީވެސްނުކުރާހާ ވަރުގަދަ ކޮށެވެ. ބްރެންޓްފޯޑްގައި މިދިޔަ ސީޒަން ހޭދަކުރުމަށް ފަހު، މެންޗެސްޓާ ޔުނައިޓަޑަށް މި ސީޒަންގައި ބަދަލުވެ، އެރިކްސަން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޔޫރޯ އަށް ފަހު އެރިކްސަން ގައުމީ ޓީމަށް އެނބުރި އައީ މި އަހަރު މާޗު މަހު ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ވެސް އޭނާ ލަނޑު ޖެހި އެވެ. މެދުތެރެއިން އުފެއްދުންތެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އެރިކްސަން ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. އެ އަހަރުގެ ވޯލްޑް ކަޕްގައި ޑޭންމާކް ޓީމުގައި އޭނާ ހިމެނުނެވެ. އޭގެ ފަހުން އޭނާ ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ވެސް ކުޅެ، މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޑެންމާކް އިން އެރިކްސަން އަށް ހާއްސަ ސަމާލުކަމެއް ދޭނެެ އެވެ. މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގައި އެރިކްސަން ދައްކަމުން އަންނަ ކުޅުން މި ފަހަރުގެ ވޯލްޑް ކަޕްގައި ފެންނާނެ ކަމަށް ޑެންމާކް ސަޕޯޓަރުން އުންމީދުކުރެ އެވެ.