Header
Logo

އެލްޔަސް ޝްކީރީ

mesh

10 މޭ 1995 (28 އަހަރު)

މިޑްފީލްޑަރު

ޓިއުނީޝިއާ

ކޮލޯން

ޓިއުނީޝީއާ ޓީމު މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ބޮޑަށް ބަރޯސާވާނެ އެއް ކުޅުންތެރިޔަކީ ޖަރުމަންގެ އެފްސީ ކޮލޯން އަށް ކުޅެމުންދާ މިޑްފީލްޑަރު އެލްޔަސް ޝްކީރީ އެވެ. ފްރާންސްގެ މޮންޕެލިއޭ އިން ކެރިއަރު ފެށި ޝްކީރީ ޓިއުނީޝިއާގެ ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ހޯދީ 2018 ވަނަ އަހަރެވެ. މިހާރު އޭނާ އަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ޓިއުނީޝީއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2021 ވަނަ އަހަރު ހޯދި ޝްކީރީ ފާހަގަވެފައިވަނީ މަސައްކަތުގެ ރޭޓް ރަނގަޅު، ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، މިދިޔަ ދެ އަހަރު ޝްކީރީ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ޝްކީރީ މި ވަގުތު ހުރީ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގައި ކަމަށް އެ ގައުމުގެ ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނާއިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާގެ ކުޅުން ރަނގަޅުވާނެ ކަމަށް ޓިއުނީޝިއާގެ ސަޕޯޓަރުން އުންމީދުކުރެ އެވެ.