Header
Logo

ކެވިން ޑިބްރޭނާ

mesh

28 ޖޫން 1991 (32 އަހަރު)

މިޑްފީލްޑަރު

ބެލްޖިއަމް

މެންޗެސްޓާ ސިޓީ

މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޕްލޭމޭކަރުންގެ ތެރޭގައި ކެވިން ޑިބްރޭނާ ހިމެނޭނެ އެވެ. ބެލްޖިއަމްގެ "ރަން ޖީލު"ގެ ގޮތުގައި ހިމެނޭ، ޓީމުގައި ވެސް އާދަޔާހިލާފު ހުނަރެއް ކަމަށް ގިނަ ބަޔަކު އެއްބަސްވާ ޑިބްރޭނާ ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މުބާރާތުގެ ތިން ވަނަ ބެލްޖިއަމް ހޯދިއިރު، "ޓީމު އޮފް ދަ ޓޯނަމަންޓް"ގައި ޑިބްރޭނާ ވަނީ ހިމެނިފަ އެވެ. މިޑްފީލްޑުން ޕްލޭމޭކް ކުރުމުގެ އިތުރުން، ޑިބްރޭނާ އަކީ ގޯލާ ވެސް ރައްޓެހި ކުޅުންތެރިއެކެވެ. އަދި ޓެކްނިކަލީ އޭނާ އަނީ ތަފާތު ހުނަރުތަކެއް ލިބިފައިވާ ކުޅުންތެރިއެކެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް ޑިބްރޭނާ އަކީ ބެލްޖިއަމްގެ މުހިންމު ކުޅުންތެރިއަކަށް ވާނެ އެވެ. މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާ ޑިބްރޭނާ އަށް ވޯލްޑް ކަޕެއްގައި އެންމެ ރަނގަޅު ލެވަލެއްގައި ހުރެ ކުޅެލަން ލިބޭނެ ފަހު ފަހަރަކީ މި ފަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގަ އެވެ. ޑިބްރޭނާ، މި ސީޒަނުގައި ސިޓީ ޓީމުގައި ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ވޯލްޑް ކަޕްގައި އޭނާ ބޭނުންކުރަން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް އަށް ފަސޭހަވާނެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ގިނަ ބަޔަކު ނެގި ޑްރީމް ޓީމުގައި ވެސް ޑިބްރޭނާ ހިމެނެ އެވެ.