Header
Logo

އަލްފަންސޯ ޑޭވިސް

mesh

2 ނޮވެންބަރު 2000 (23 އަހަރު)

ފުލްބެކް

ކެނެޑާ

ބަޔާން މިއުނިކް

ލައިބީރިއާ އިން ރެފިއުޖީންގެ ގޮތުގައި ކެނެޑާ އަށް ބަދަލުވި އާއިލާ އަކަށް ނިސްބަތްވާ އަލްފަންސޯ ޑޭވިސް އަށް ކެނެޑާ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2017 ވަނަ އަހަރެވެ. ކެނެޑާގެ ރައްޔިތުކަން ޑޭވިސް އަށް ލިބުނު ދުވަހު އޭނާ ވަނީ ކެނެޑާގެ ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނައިފަ އެވެ. ކެނެޑާގެ ގައުމީ ޓީމަށް ޑޭވިސް ކުޅުނު ފުރަތަމަ މުބާރާތަކީ 2017 ވަނަ އަހަރުގެ ގޯލްޑް ކަޕެވެ. އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އާއި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ ޑޭވިސް އެވެ. ޖަރުމަންގެ ބަޔާން މިއުނިކް އަށް ކުޅެމުންދާ ޑޭވިސް އަކީ ހުނަރުވެރި، ހަލުވި ކުޅުންތެރިއެކެވެ. ލެފްޓް ބެކަކަށް އިތުރުން، ވިންގަށް އަދި މިޑްފީލްޑަށް ވެސް އޭނާ ކުޅެ އެވެ. ޑޭވިސް އަކީ ކްލަބް ލެވަލްގައި ފުލްބެކަށް ކުޅުނު ގައުމުގައި ވިޔަސް، ގައުމީ ޓީމުގައި އެޓޭކިން ރޯލުގައި ފެންނަ ކުޅުންތެރިއެކެވެ. މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ޑޭވިސް އަށް އަނިޔާގެ މައްސަލައެއް ކުރިމަތިވި ނަމަވެސް، ފަހުން އޭނާ ފިޓްވުމުން ޓީމުގައި ހިމެނި އެވެ.