Header
Logo

ގަރެތު ބޭލް

mesh

16 ޖުލައި 1989 (34 އަހަރު)

ފޯވާޑް

ވޭލްސް

އެލްއޭ އެފްސީ

ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް އަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ރެއާލް މެޑްރިޑްގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު މިހާރު އެމެރިކާގެ ލޮސް އެންޖަލިސް އެފްސީ އަށް ކުޅެމުންދާ ބޭލް ވަނީ ވޭލްސްގެ ގައުމީ ޓީމަށް މިހާތަނަށް 100 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ. ޔޫރޯ 2016ގެ ސެމީ ފައިނަލަށް ވޭލްސް ދަތުރުކުރިއިރު، އެ މުބާރާތުގައި ބޭލް ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ވޭލްސް 64 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި، ބޭލް މުހިންމު ދައުރެއް އަދާކުރި އެވެ. އެހެންކަމުން، މި އަހަރުގެ ވޯލްޑް ކަޕަކީ ޤައުމީ ޓީމަށް އަލްވަދާއު ކިއުމުގެ ކުރިން، ރަނގަޅު ހިސާބަކަށް ޓީމު ގެންގޮސްދިނުމަށް ބޭލް އަށް ލިބޭ ފަހު ފުރުސަތަށްވެދާނެ އެވެ.