Header
Logo

ޒަމްބޯ އަންގީސާ

mesh

16 ނޮވެންބަރު 1995 (28 އަހަރު)

މިޑްފީލްޑަރު

ކެމަރޫން

ނަޕޯލީ

އިޓަލީގެ ނަޕޯލީގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ މިޑްފީލްޑަރު އަންދްރޭ ފްރޭންކް ޒަމްބޯ އަންގީސާ ގައުމީ ޓީމަށް ކުޅެންފެށީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ ގައުމީ ޓީމަށް 40 އަށް ވުރެން ގިނަ މެޗު ކުޅެފަ އެވެ. ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ފުލަމް އާއި ފްރާންސްގެ މާސޭ އަދި ސްޕެއިންގެ ވިޔަރެއާލަށް ކުޅުނު އަންގީސާ ވަނީ 2021 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކެމަރޫނަށް ކުޅެފަ އެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސްގައި އަންގީސާ އަށް އެންމެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް ނަޕޯލީން މި ސީޒަނުގައި ކުޅޭ މޮޅު ކުޅުމުގައި އަންގީސާ ދައްކާ ތަފާތު ބޮޑުވުމުން މި ފަހަރުގެ ވޯލްޑް ކަަޕްގައި ވެސް އޭނާ އަށް ރަނގަޅު ކުޅުމެއް ތަކުރާރު ކުރެވޭނެ ކަމަށް ކެމަރޫންގެ ސަޕޯޓަރުން ގަބޫލުކުރެ އެވެ. ކެމަރޫންފެ ފުޓްބޯޅަ ރައީސަކަށް ހުންނެވި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، ސެމުއެލް އެޓޫ އެންމެ ބޮޑަށް އިތުބާރުކުރާ ކުޅުންތެރިންގެ ތެރޭގައި އަންގީސާ ހިމެނެ އެވެ. އެޓޫގެ ނަޒަރުގައި ކެމަރޫނުން މި ފަހަރު ވޯލްޑް ކަޕް ފައިނަލު ކުޅޭއިރު، އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އަންގީސާ ވާނެ ކަމަށް އެޓޫ ވަނީ ބުނެފަ އެވެ.