Header
Logo

އަލް މޮއޭޒް

mesh

19 އޮގަސްޓު 1996 (27 އަހަރު)

ފޯވާޑް

ގަތަރު

އަލް ޑުހެއިލް

މި އަހަރުގެ ވޯލްޑް ކަޕްގެ ހޯސްޓުން ކަމަށްވާ ގަތަރު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގައި ކުޅޭއިރު، އެ ޤައުމުގެ ސަޕޯޓަރުންގެ އުންމީދުތައް ގުޅިފައިވާ އެއް ކުޅުންތެރިޔަކީ ފޯވަޑް އަލް މޮއެޒް އަލީ އެވެ. ގަތަރުގެ ގައުމީ ޓީމުގެ ކެރިއަރުގައި، އަލް މޮއެޒް ފާހަގަކުރެވިފައިވާ ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ގަތަރުގެ ޤައުމީ ޓީމާއެކު ބައިނަލްއަޤްވަމީ މުބާރާތްތަކުގައި އަލް މޮއެޒްގެ ރެކޯޑް ރަނގަޅެވެ. އަލްމޮއެޒް ،25، އަކީ ގަތަރުގެ ގައުމީ ޓީމަށް މިހާތަނަށް ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާ އެވެ. މިހާތަނަށް 39 ލަނޑު އޭނާ ވަނީ ޤައުމީ ޓީމުގެ ޖޯޒީގައި ކާމިޔާބުކޮށްފަ އެވެ. ގޯލްޑް ކަޕް 2021 އާއި 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އަލްމޮއެޒް އެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ގަތަރާ ދެކޮޅަށް ނުކުންނަ ޓީމުތަކުން އެންމެ ބޮޑު ސަމާލުކަން ދޭނެ އެއް ކުޅުންތެރިޔަކަށް އަލް މޮއެޒް ވާނެ އެވެ. ގަތަރު ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް މަސައްކަތުގެ ތެރެއިން އެ ގައުމުން ޒުވާން ހުނަރުވެރި ކުޅުންތެރިން އަތްފުނާ އަޅައިގެން ހޯދިއިރު، އެންމެ ފުރަތަމަ ފާހަގަވި ކުޅުންތެރިންގެ ތެރޭގައި ސޫދާންގެ އާއިލާ އަކަށް އުފެންވި އަލް މޮއޭޒް ހިމެނެ އެވެ. އޭނާ އަކީ އުމުރުން ހަތް އަހަރުގައި ގަތަރުގެ އެސްޕަޔާ އެކެޑަމީއާ ގުޅި ކުރިއެރުން ހޯދި ކުޅުންތެރިއެކެވެ.