FOLLOW ADHADHU

މުބާރާތުގެ ފެއާޕްލޭ ޓީމުގެ މަގާމު ރާއްޖެ އަށް

over 2 years 0


މުބާރާތުގެ ފެއާޕްލޭ ޓީމުގެ މަގާމު ރާއްޖެ އަށް

over 2 years 0

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފެއާޕްލޭ ޓީމުގެ މަގާމު ގައުމީ ފުޓްބޯޅަ ޓީމަށް ލިބިއްޖެ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަހު އޮތް ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ފެއާޕްލޭ ޓްރޮފީއާ ހަވާލުވީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ.

ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސާފްގެ ރައީސް ބަންގްލަދޭޝްގެ ކާޒީ ސަލާހުއްދީން އަދި ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. މީގެ އިތުރުން ސާފްގެ އިސްވެރިންނާއި އެފްއޭއެމްގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން އަކޫ ފެއާޕްލޭ ޓީމުގެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


މި ފަހަރުގެ މުބާރާތް ފަސް ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށް ކުޅުނުއިރު، ފައިނަލުގައި ބައްދަލުކުރީ އިންޑިއާ އާއި ނޭޕާލް އެވެ. ނޭޕާލްގެ މައްޗަށް 3-0 އިން ކުރިހޯދައި އިންޑިއާ އިން ވަނީ އަށް ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިފަ އެވެ.

ރާއްޖޭން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 1-0 އިން ބަލިވިއިރު، ދެން ކުޅުނު ދެ މެޗުން ބަންގްލަދޭޝް އަތުން 2-0 އަދި ލަންކާ އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ. ރާއްޖެ ކެޓީ ލީގު ބުރުގެ ފަހު މެޗުން އިންޑިއާ އަތުން 3-1 އިން ބަލިވުމުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ މޮޅު ކުުޅުންތެރިޔާގެ މަގާމު ލިބުނީ އުމުރުން 37 އަހަރުގެ ސުނިލް ޗެތުރީ އަށެވެ. ޗެތުރީ ވަނީ މި މުބާރާތުގައި ޖުމްލަ ފަސް ގޯލު ޖަހައިފަ އެވެ. ޗެތުރީއާ ވާދަކުރީ ތިން ގޯލު ޖެހި ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އެވެ.