18 ފެބުރުވަރީ 2025 - 16:19 0
18 ފެބުރުވަރީ 2025 - 16:19 0
ސިންގަޕޫރުގެ ބެލެނިވެރިންގެ މެދުގައި އެންމެ މަގުބޫލު، މައިންޑް ޗޭމްޕްސްގެ ޕްރީ ސުކޫލެއް ދިވެހިރާއްޖޭގައި ހުޅުވޭ ހަބަރު ދިނުމަކީ ޅަފަތުގެ ކުދިންގެ ބެލެނިވެރިންނަށް އަދި ޖުމުލަކޮށް ހުރިހާ ދިވެހިންނަށް ދެވޭ ނުހަނު އުފާވެރި ހަބަރެއް ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ސީދާ ޕްރީ ސުކޫލު ތައުލީމަށް ހާއްސަކޮށް އިމާރާތް ކުރެވިގެން ޒަމާނީ ވަސީލަތްތަކާއެކު ހުޅުވޭ މި ޕްރީ ސްކޫލު ހުންނާނީ މާލޭގެ މެދުގަ އެވެ. މި ސްކޫލު ހުޅުވިގެން ދިޔުމުން ދިވެހިރާއްޖޭގެ ޕްރީ ސްކޫލު ތައުލީމަށް އިންގިލާބީ ބަދަލެއް ގެނެވިގެންދާނެ ކަމާ މެދު ޝައްކެއްނެތެވެ.
މައިންޑް ޗޭމްޕްސްއަކީ ޅަފަތުގެ ކުދިންނަށް އުނގަންނައި ދިނުމުގައި 20 އަހަރު ތާރީހެއް އޮތް ނަން ހިނގާ ބުރޭންޑެކެވެ. މިއީ، ސައިންސްގެ ހޯދުންތަކާއި، ޒަމާނީ ދިރާސާގެ އަލީގައި ބިނާކުރެވިފައިވާ މަންހަޖެއްގެ މައްޗަށް ތައްޔާރުކުރެވިފައިވާ، ކުދިންގެ ވިސްނުން ތަރައްގީކޮށް އުފެއްދުންތެރި ހިޔާލު ތަނަވަސްކޮށްދީ ބަސް ތަރައްގީ ކުރުމަށާއި ކިޔެވުމަށްވުމަށް ޝައުގުވެރިވެ ލޯބި ޖައްސައިދޭ ގޮތަށް ފަރުމާ ކުރެވިފަވާ އުނގެނުމެކެވެ. މައިންޑް ޗޭމްޕްސް ގެ މެނޭޖްމަންޓް އިން ޔަގީންކަން ދެނީ މަތީ ފެންވަރުގެ ތައުލީމެއް ފޯރުކޮށްދިނުމާއެކު، ކޮންމެ ކުއްޖެއް ވެސް އެންމެ މަތީ ގާބިލްކަމަށް ވާސިލްކޮށްދޭނެކަމެވެ.
އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮންމެކުއްޖެއް އެއީ ތަފާތު މޮޅުކުއްޖެކެވެ. އަދި ކޮންމެ ކުއްޖަކަށް އެކުއްޖެއްގެ ގޮތުގައި ޗެމްޕިއަނަކަށް ވެވިދާނެ އެވެ. މައިންޑު ޗޭމްޕްސުގެ ހާއްސަ މައިގަނޑު މޮޑެލް، '3 މައިންޑް އެޑިޔުކޭޝަން މޮޑެލް'- ޗެމްޕިއަން މައިންޑް، ލާނިން މައިންޑް އަދި ކުރިއޭޓިވް މައިންޑް އަށް- އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ވަށާޖެހޭ ގޮތަށް ފަރުމާކުރެވިފަވާ 'ސުމައިލްސް އެޕްރޯޗެވެ' (ސެންސަރީ، މޯޓަރ، އިންޓަލެކްޗުއަލް، ލިންގުއިސްޓިކް، އިމޯޝަނަލް އަދި ސޯޝަލް ޑިވެލޯޕްމަންޓެވެ). މި މޮޑެލް އިން ޔަގީންކޮށްދެނީ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުންނާއި، ނަފްސީ ގޮތުން މުސްތަގުބަލަށް ބޭނުންވާ ގިނަ ހުނަރުން ތަރައްގީވެފަވާ ކާމިޔާބު ކުއްޖެއްގެ ގޮތުގައި ހެދި ބޮޑުވުމެވެ.
މައިންޑް ޗޭމްޕްސް ފަދަ ޚާއްސަ ބުރޭންޑެއް ލީޑުކުރުމުގައި ޕުރިންސިޕަލުގެ ދައުރު ވަރަށް މުހިއްމެވެ. އެގޮތުން ސްކޫލުގެ ޕުރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވާނީ ޑރ. އަމަތުއްﷲ ޝަކީބެވެ. ނުވަތަ ޑރ. އަމަތު ކުރިން ކިޔަވައިދެއްވި ކުދިންނާ އެ ކުދިންގެ ބެލެނިވެރިންގެ ނަމުން ނަމަ 'އަމަތު އާންޓީ' އެވެ. ޑރ. އަމަތު އަކީ ޅައުމުރުގެ ތުއްތު ކުދިންނަށް ކިޔަވައިދެއްވުމުގެ ތަޖުރިބާކާރު މުދައްރިސެކެވެ. އަމީރު އަހުމަދު ޕްރީ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އެވެ. ޑރ. އަމަތުއަކީ ޕްރީ ސުކޫލުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި ހުންނެވިއިރު ޕްރީ ސްކޫލް ދާއިރާއިން އެޑިޔުކޭޝަން މިނިސްޓްރީން ހޮވި، އެންމެ މޮޅު މުދައްރިސްގެ އެވޯޑް ހާސިލް ކޮއްފައިވާ ފަރާތެވެ.
ހުނަރުވެރި، ތަޖުރިބާކާރު، ޅަފަތުގެ ތަރުބިއްޔަތާއި ތަރައްގީގެ އިލްމު އަދި ކޮލިފިކޭޝަން އެއްމެ މަތީ ދަރަޖައިގައި ހާސިލްކުރައްވާފައިވާ ފަރާތެކެވެ. ފުރަތަމަ ހެއްދެވި ޑިގްރީއިން ވެސް މުޅި ކޯހުން އެއްވަނަ ހާސިލް ކޮށްފައިވާ ފަރާތެކެވެ. ތިރީސް އަހަރުގެ ދިގު މުއްދަތެއް ކިޔަވައިދިނުމުގައި ހޭދަ ކުރައްވާ، ދިވެހިރާއްޖެއާ، އޮސްޓުރޭލިއާއިން ޅަފަތުގެ ތަރުބިއްޔަތާއި ތަރައްގީގެ ރޮގުން ތައުލީމު ހާސިލްކުރައްވާ އަދި އެދާއިރާއިން ތަފާތު ވަޒީފާތަކާއި މަސައްކަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އަޅުގަނޑުމެންގެ މި ސްކޫލްގައި ދިވެހި، އަރަބި އަދި އިނގިރޭސި ބަސް ކިޔަވައިދިނުން ކުރިއަށް ގެންދެވޭނީ މަޖަލާ ކުޅިވަރުގެ ތެރެއިން 'ފޮނީމިކް އެޕްރޯޗް' ބޭނުންކޮށްގެންނެވެ. އަދި ބަސް ދަސްކުރުމުގައި ގެންގުޅޭ އެޕްރޯޗުގެ ސަބަބުން ކުދިންނަށް ބަސް ދަސްކުރުމަށް އިތުރަށް ފަސޭހަވެ ބަހާމެދު ލޯބި އުފެދިގެންދެ އެވެ. އަދި އިސްލާމް މާއްދާ ކިޔަވައިދިނުމުގައި ދަރިވަރުން ދީނުގެ އަސާސްތަކަށް ޝައުގުވެރިވެ ދީނަށް ލޯބިޖެހޭ ގޮތަށް ކިޔަވައިދިނުން ބައްޓަން ކުރެވިފައިވާނެ އެވެ. އަޅުގަނޑުމެންގެ އެންރިޗްމަންޓު ނުވަތަ އިތުރު ޕުރޮގުރާމު ތަކުގެ ތެރޭގައި ކިޔުންތެރިކަމަށް ޝައުގުވެރިކަމާއި، އުފެއްދުންތެރި ކަމާއި، އަދި ޖިސްމާނީ ތަރައްގީ އިތުރުކޮށްދޭ އެކިއެކި ޕްރޮގްރާމްތައް ހިމެނެއެވެ. މިސާލެއްގެ ގޮތުން މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލް ޕުރީސުކޫލް ގެ ވަރަށް ހާއްސަ އެއްކަމަކީ ކުދިންގެ ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަމަށް ވިސްނައިގެން ޑިޒައިން ކުރެވިފައިވާ ޖިމް ފެސިލިޓީޒް އެވެ. މިއީ މި ކަރިކިއުލަމްގެ މުހިއްމު އެއް ބައެވެ. މީގެ ސަބަބުން ކުދިންގެ މޯޓޯ ސުކިލްސް، ކޯޑިނޭޝަން، އަދި ފިޓްނަސް އަށް އެހީތެރިވެދޭނެ އެވެ. އަދި ފާހަގަ ކޮށްލަން ބޭނުންވާ އަނެއް ކަމަކީ މި ސްކޫލުން، އުގަންނައިދިނުމުގައްޔާއި ދަރިވަރުންގެ އުގެނުމުގައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުން ކުރެވޭނެކަމެވެ.
އަޅުގަނޑުމެންގެ ލީޑަޝިޕާއި ޓީޗަރުންނަކީ ފެންވަރު ރަނގަޅު، ކޮލިފައިޑް، ކިޔަވައިދިނުމަށް ލޯބިކުރާ، ކުދިންނަށް އޯގާތެރި ބައެއްކަން ކަށަވަރުކުރަމެވެ. ކުދިންނަށް ކިޔަވައިދިނުމުގައި އެކުއްޖަކަށް ކިޔެވުމަށް އެންމެ ފަސޭހަގޮތް އިޚުތިޔާރުކުރުމަށް އަޅުގަނޑުމެންގެ ޓީޗަރުން ގާބިލްވާނެއެވެ. ކޮންމެ ޓީޗަރަކަށް ކިޔަވައިދެއްވަން ޖެހިލައްވާ ކުދިންގެ އަދަދު މަދުވުމުގެ ސަބަބުން ވަކި ވަކި ކުދިންނަށް ދޭންޖެހޭ އަޅާލުމާ، ސަމާލުކަން ވަރަށް ބޮޑަށް ދެވިގެންދާނެއެވެ.
މައިންޑް ޗޭމްޕްސް އަކީ މިވަގުތު ތުއްތު ކުދިންގެ ތައުލީމު ދިނުމުގައި އެންމެ ލީޑްކުރާ ބުރޭންޑެވެ. މައިންޑް ޗޭމްޕްސްގެ ރިސާޗް ޓީމުގެ ތެރޭގައި އެޑިޔުކޭޝަން، ސައިކޮލޮޖީ، ނިޔުރޯސައިންސް އަދި ތިއޭޓަރ އަށް ޚާއްސަ ފަރާތްތައް ހިމެނެއެވެ. މައިންޑް ޗޭމްޕްސްގެ ޗާންސަލަރ އެމެރިޓަސް ޕުރޮފެސަރ އެލަން ސިންޑަރ އަކީ މުޅި ދުނިޔެއަށް މަޝްހޫރު ނިޔުރޯސައެންޓިސްޓެކެވެ. އަދި އެއީ މައިންޑް ޗޭމްޕްސްގެ ރިސާޗާ ޑިވެލޮޕްމަންޓުގެ އެންމެ އިސް ފަރާތެވެ.
ފެބްރުއަރީ 22، 2025 ގައި މައިންޑު ޗޭމްޕްސްގެ އިންޓަނޭޝަނަލް ޕްރީ ސްކޫލު، މޯލްޑިވްސްގެ މައުލޫމާތު ސެޝަނެއް އޮންނާނެއެވެ. މި ސެޝަން ލީޑުކުރައްވާނީ ސްކޫލުގެ ޕްރިންސިޕަލް ޑރ. އަމަތުއްﷲ ޝަކީބެވެ.
މި ބައްދަލުވުން އޮންނާނީ އެ ދުވަހު ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00 ން 10:00 އަށް ހޮޓެލް ޖެންގަ އެވެ. ބައްދަލުވުމުގައި ބައިވެރިވާން 7722880 އަށް މެސެޖު ކުރައްވާށެވެ.
Comment