Advertisement

ޖީލުތަކަށް ދެމިގެންދާނެ ބަދަލުތަކެއް، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ ކުރީގައި

17 ނޮވެންބަރު 2022 - 13:47 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޖީލުތަކަށް ދެމިގެންދާނެ ބަދަލުތަކެއް، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ ކުރީގައި

17 ނޮވެންބަރު 2022 - 13:47 0

މީގެ ހަތަރު އަހަރު ކުރިއަށް ޖެހިލަމާ ހިންގަވާށެވެ. ވެރިކަމުގެ ހުވާ ކުރެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އޭރުގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރަން ނެރުނު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. އިންތިހާބު ކާމިޔާބު ކުރެއްވީ މިއިން ދުވަހަކު އެއް ކެންޑިޑޭޓަކަށް ލިބުނު އަދަދަށް ވުރެ ގިނައިން ވޯޓު ހޯއްދަވައިގެންނެވެ.

ރައީސް ޔާމީން ބަލިކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެމަނިކުފާނުގެ ސަރުކާރުން އޮތީ ވެރިރަށް މާލޭގެ މަލަމަތި އެއްކޮށް ބަދަލުކޮށްލި ބޮޑެތި މަޝްރޫއުތަކެއް ފުރިހަމަކޮށްފަ އެވެ. ނަމަވެސް، އެ ސަރުކާރުގެ މައްސަލައަކަށް ވީ އަނިޔާވެރިކަމާއި ކޮރަޕްޝަން އިންތިހާއަށް ފެތުރުމެވެ. އަދި ރާއްޖޭގެ ބާކީ ތިބި ރަށްތަކަށް އަޅާނުލުމާއި ބާކީކޮށްލުމެވެ. މަރުކަޒީ ސަރުކާރެއް ގާއިމުކޮށް މުށު ތެރެއަށް ބާރުތައް ގެނައުމެވެ.

ބޮޑު ވައުދުނާމާއެއް ހިފައިގެން އިންތިހާބަށް ނުކުމެ ރާއްޖޭގެ 134،000 އަށްވުރެ ގިނަ ރައްޔިތުންގެ ވޯޓު ރައީސް ސޯލިހު ކާމިޔާބު ކުރެއްވި އެވެ. ވެރިކަމުގެ ހުވާ ކުރައްވައިފި އެވެ. ހަތަރު ވަނަ އަހަރު ނިމި ފަސް ވަނަ އަހަރެއް މިއަދު ގުނަން ފަށާފައިވާއިރު އެ ވައުދުނާމާގައި ލިޔެވިފައި ހުރި ވައުދުތައް ފުއްދިފައިވަނީ ހުރިހާ ރައްޔިތުން އެންމެ ބޭނުންވާ ގޮތަކަށެއް ނޫނެވެ.

އެހެނަސް، ތަރައްގީގެ މަޝްރޫއުތަކާއެކު މި ސަރުކާރުން މިއަޅާ ބިންގަލަކީ މުސްތަގުބަލަށް ގައުމު ބައްޓަން ކުރުމަށް ނުހަނު ބޭނުންތެރި ކަންކަމެވެ.

ވަކިން ހާއްސަކޮށް އަސާސީ ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެންދިޔުމަށް މި ސަރުކާރުން އަންނަނީ ހާއްސަ އަހަންމިއްޔަތު ކަމެއް ދެމުންނެވެ. އެކަމުގައި މި ސަރުކާރާ ވާދަކުރެވޭނެ އެހެން އެއްވެސް ސަރުކާރެއް ނެތެވެ. މިއީ ޖީލުތަކަށް ދެމިގެންދާނެ އިންގިލާބީ ބަދަލުތަކެއް އެ މަޝްރޫއުތަކެއްގެ ސަބަބުން އަންނާނެ މަޝްރޫއުތަކެވެ.

ކަރަންޓާއި ފެނާއި ނަރުދަމާ ޔަގީންކޮށްދިނުން

ރާއްޖޭގައި މީހުން ދިރުއުޅޭތާ 3000 އަހަރަށް ވުރެ ގިނަ ދުވަސްވީއިރު މި ސަރުކާރު އައުމާ ހަމައަަށް ރާއްޖޭގެ 198 ރަށުގެ ތެރެއިން ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތްތައް ލިބެނީ މަދު ރަށަކުންނެވެ. މިއީ އދ. އިން އިންސާނީ ހައްގުތަކެއްގެ ގޮތުގައި ދެކޭ ކަންކަމަށް ވާއިރު ވެސް މި ރާއްޖޭގައި އެ ހިދުމަތްތައް ލިބެމުންދިޔައީ ވެރިރަށް މާލެ އިންނާއި މާލެ ކައިރި ބައެއް ރަށްތަކުގަ އެވެ.

ރައީސް ޔާމީން ވެރިކަމުގައި ވެސް ނަރުދަމާގެ ހިދުމަތްތައް ގާއިމުކުރީ ބޮޑެތި ރަށްތަކުގަ އެވެ. މި ސަރުކާރުން އައީ އެކަން ބަދަލުކުރާށެވެ. ފެނާއި ނަރުދަމާއަކީ އަސާސީ އިންސާނީ ހައްގުތަކެއް ކަމުގައި ދެކި ރާއްޖޭގެ ހުރިހާ ރަށެއްގައި ދައުރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ޔަގީންކޮށްދޭނެ ކަމުގެ ވައުދު ވަމުންނެވެ.

"ސުމަކުން ފަށަން ޖެހުނު ނަމަވެސް މިކަމަކީ އަޅުގަނޑު ދޫކުރާނެ ކަމެއް ނޫން, ސަބަބަކީ ހަމަ ހަގީގަތުގައިވެސް ތަރައްގީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ ގައިން ތާހިރުވެ ތިބެ," ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ހއ. ތުރާކުނުން ފެށިގެން އައްޑޫ އަތޮޅާ ދެމެދެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިނގާ 119 ރަށެއް އެބައޮތެވެ. 10 ރަށެއްގެ މަސައްކަތްތައް ކޮންޓްރެކްޓުކޮށް 12 ރަށެއްގެ ރައްޔިތުންނަށް ވަނީ މި ހައްގު ކަށަވަރުކޮށްދީފަ އެވެ.

ޒަމާންވީ އިންޖީނު ގެތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމަކީ ވެސް މި ސަރުކާރުގެ ބޮޑު ކާމިޔާބީ އެކެވެ. މީގެ ތެރެއިން ބައެއް އިންޖީނުގެތަތަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ބަހައްޓާފައި ހުރި ތަންތަނެވެ. ވިހަ ގޭހާއި، ދުމާއި، ތެލުގެ އަސަރު ކުރަމުންދިޔަ އެތައް އާއިލާއަކަށް ތަސައްލީއެއް ލިބިއްޖެ އެވެ.

މި ވައުދު ފުއްދުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވެސް ހާއްސަ އެވެ. ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް ސަރުކާރުން އެއްވެސް ރަށެއް، ބާކީކޮށް ވަކިކޮށް ނުލަ އެވެ. އޭގެ ތެރެއިން އަންނަ އަހަރުން ފެށިގެން ފެނާއި ނަރުދަމާގެ ސަބްސިޑީ ވެސް ދޭން ފަށާނެ އެވެ.

ބޭސްފަރުވާ މުޅި ރާއްޖެއަށް

ސިއްހީ ނިޒާމަކީ ރާއްޖޭގައި ޒަމާނުއްސުރެ އަޅާލުން ކުޑަ، އިހުމާލު ބޮޑު ނިޒާމެކެވެ. ސަރުކާރުތައް ބަދަލުވި ނަމަވެސް މި ދާއިރާއާ މެދު ރައްޔިތުންގެ އޮންނަނީ ހުސް ޝަކުވާ އެވެ. ރަނގަޅު ޑޮކްޓަރުން ނެތުމެވެ. ހިދުމަތްތަކުގެ އަގުބޮޑުވުމެވެ. ބޮޑު ހަރަދު ކުރުމަށް ފަހު މާލެ އަންނަން ޖެހުމެވެ.

ވެރިކަމާ ހަވާލުވިއިރު މި ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ޗެލެންޖަކީ ވެސް ސިއްހީ ދާއިރާ ރަނގަޅު ކުރުމެވެ. އަދި، ދުނިޔެ ނުދެކޭފަދަ ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކުރަން ޖެހުނީ ބުރަބޮޑު މަސައްކަތްތަކެކެވެ. އޭގެ ހެކި ބަޖެޓުން ވެސް އެ ހުރީ ފެންނާށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ބޮޑު ހޭދައެއް ކުރަމުން ދަނީ ސިއްހީ ދާއިރާއަށެވެ.

"ބޭސްފަރުވާއަށް މާލެ އައުން މަޖުބޫރުވުމުގެ ބަދުބަސް ޒަމާނަށް ރައްދުކުރުމުގެ މާނައެއް މިއަދަކު ނެތް،" ރައީސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެ ގެންދަނީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީ ކުރަމުންނެވެ. މޯބައިލް ލެބޯޓަރީގެ ހިދުމަތްތައް ތައާރަފުކޮށް ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓެސްޓުތައް ހެދުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ. ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އަޅަން އަންނަ އަހަރު ފަށާނެ އެވެ.

އެމްބިއުލާންސް ނެތިގެން އަތްގާޑިޔަލާއި ޕިކަޕާއި ބަގީގައި މީހުން އުފުލަން ޖެހުނު ޖެހުން ނިމުމަކަށް އައިސްފި އެވެ. އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ 96 ރަށަކަށް އެމްބިއުލާންސް ވަނީ ފޮނުވާފަ އެވެ. އެތަކެއް އަހަރުތަކެއްގެ އިހުމާލުތައް ރަނގަޅު ކުރީ މި ސަރުކާރުންނެވެ.

ނަފްސާނީ ބަލީގެ ފަރުވާ ފުޅާ ކުރުމަށް ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރު ގާއިމުކޮށް އަތޮޅު ތެރެއިން ވެސް ހިދުމަތް ލިބޭނެ ގޮތް ވަނީ ހަދާފަ އެވެ. އާސަންދައިގެ ތެރޭގައި އެކަން ހިމަނައި މާލީ ގޮތުން ބޮޑު ލުޔެއް އެފަދަ ބަލިމީހުންނަށް މިއަދު ވަނީ ލިބިފަ އެވެ.

ރާއްޖޭގައި ލާމަރުކަޒީ އުސޫލުން ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު އަލުން އަނބުރާ ޤާއިމުކުރުމުގެ ތައްޔާރީތައް، ސަރުކާރުން އަންނަނީ ވަމުންނެވެ. މިއީ ވެސް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް މުޖުތަމައުއަށް ކުރާނެ ކަމެކެވެ.

ތައުލީމުގެ ފަހި ފުރުސަތު އެންމެނަށް

"ތަރައްޤީގެ ރަސްމަގު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން. އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ދިވެހި ޒުވާނުން ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެގޮތް، މި މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ،" މިއީ 2019 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެ އަހަރުގެ ފެބްރުއަރީ 7، ގައި ރައީސް ސޯލިހު މަޖިލީހުގައި ވިދާޅުވި ބަސްފުޅެވެ.

މަތީ ތައުލީމަށް ފަހިކޮށްދޭން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ފެށި ހިލޭ ޑިގްރީ ސްކީމުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ އަދަދު މިއަދު ހުރީ 15،500 އަށްވުރެ މަތީގަ އެވެ. ބޮޑު ކާމިޔާބެކެވެ.

އަދި، މި ސްކީމުގެ ދަށުން މިހާތަނަށް 5،000 ޒުވާނުން ކޯސް ފުރިހަމަކޮށް ވަޒީފާގެ ބާޒާރަށް ނުކުމެއްޖެ އެވެ. ކޮންމެ އަހަރަކު ވެސް މަދުވެގެން 2000 ކުދިން ހިލޭ ޑިގްރީ ފުރިހަމަކޮށް، ގައުމީ ހިދުމަތަށް ނިކުންނާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.

ބޮޑެތި ލޯނުތައް ނަގައިގެން ބޭރު ގައުމުތަކަށް ގޮސް ޑިގްރީ ހަދަން ޖެހިފައި އޮތް އޮތުމަށް މިއީ ހައްލެކެވެ. ކޮންމެ ދަރިވަރަކީ އެފަދަ ކެރިފޯރުންތެރިކަން ހުރި ދަރިވަރަކަށް ނުވެދާނެ އެވެ. އަދި، ކޮންމެ ދަރިވަރަކީ އާއިލާއާ ވަކިން އެހެން ގައުމެއްގައި ހުރެ ކިޔަވަން ބޭނުންވާ ދަރިވަރަކަށް ނުވެދާނެ އެވެ. އެފަދަ ކުދިންނަށް މިއަދު އޮތް ހިތްހަމަޖެހުމަކީ ސަރުކާރުގެ ހަރަދުގައި އާއިލާގެ ކައިރީގައި ހުރެ ޑިގްރީ ނިންމައި ވަޒީފާއަށް ނުކުމެވޭނެ މަގު ފަހިވެފައި އޮތުމެވެ.

"ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ، އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން. އެކަށީގެންވާ ތައުލީމާއި ތަރުބިއްޔަތުގެ ފުރުސަތު ފަހިވެފައި އޮތުން. އިންސާނީ ވަސީލަތްތައް ފައްކާވެ، އަރާއަރަފޯދުމަށްވުރެ ބޮޑު ރަނގަޅެއް ޤައުމަކަށް ނޯންނާނެ،" މި ސްކީމުގެ މުހިންމުކަމާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވެ އެވެ.

މި ސްކީމުގެ ދަށުން ސަރުކާރުގެ ދެ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ އިތުރުން އަމިއްލަ ކޮލެޖުތަކުން ހިންގާ ކޯސްތަކުގައި ވެސް ބައިވެރިވެވެ އެވެ. ނަމަވެސް، އަމިއްލަ ކޮލެޖުތަކުގެ ކޯސްތަކަށް ސަރުކާރުން ދައްކަނީ ވަކި އިންސައްތައެކެވެ.

ހައި ސްޕީޑު ފެރީން މުޅި ރާއްޖެ އަމުނާ ގަތާލަނީ

މިނިވަންކަމާ އެކު ރަށު ބަންދުން ވީއްލި އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ އުފާ ލިބެނީ މި ގައުމުގެ މަދު ބަޔަކަށެވެ. އެއީ، ވިޔަފާރި ބޭނުމަށް ނުވަތަ ސިއްހީ ބޭނުމަށް ކަމަށް ވިޔަސްމެ އެވެ. ނުވަތަ، ތައުލީމު ހާސިލްކުރުމަށް ކަމަށް ވިޔަސްމެ އެވެ. މިއީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް ވި ވައުދެކެވެ. އޭރު ދަތުރުތައް ފެށީ އިންޖީނު ދޯނީގަ އެވެ. އެކަމަކު، ދެމެހެއްޓެނިވި ގޮތެއްގައި އެކަމެއް ކުރިއަކަށް ނުދިޔަ އެވެ.

އެމްޑީޕީ އެނބުރި އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ނިޒާމު އޮވާހޯލްކޮށް އޮޑި ދޯނިފަހަރުގައި ކުރި ދަތުރުތައް، ހައި ސްޕީޑު ލޯންޗު ފެރީ އަށް ބަދަލުކޮށް ދަތުރުތައް އެވަނީ ފަށާފަ އެވެ. މިއީ މުޅި ގައުމަށް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން އިންގިލާބީ ބަދަލެއް ގެނުވާނެ މުހިންމު މަޝްރޫއެކެވެ.

"ރަށްތައް ގިނަޔަސް، އުޅަނދު ތަކުގެ އަދަދު މައްޗަސް، މިކަމުގައި ފަސްޖެހި ލަސްކުރެވޭކަށް ނެތް. ސަބަބަކީ ބޮޑުތިލަދުންމައްޗަށް ގެނެވުނު މިބޮޑު ބަދަލު، ހަމަހަމަ ކަމާއެކު، މުޅި ރާއްޖެއަށް ނުގެނެސް، މާނަވީ ބަދަލެއް، ރާއްޖެއަށް އަންނާން ނެތުން," އާރުޓީއެލްގެ ފުރަތަމަ ޒޯނު ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގައި އިގްތިސާދީ ހަރަކާތްތައް ފުޅާކޮށް އިތުރުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގުޅިލާމެހިފައި ނެތުމެވެ. އެކަހެރިކަމެވެ. ވަކިވަކި ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތުމެވެ.

އިގްތިސާދީ ގޮތުން އެ ރަށް އަނެއް ރަށާ ގުޅިފައި ނެތުމެވެ. އެކަން ކަށަވަރު ކުރުމަށް މިއިން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މި ސަރުކާރުން ގެންދަނީ ހަރަދު ކުރަމުންނެވެ. އެމަނިކުފާނު އެ ވިދާޅުވާ ބަދަލު މިއާއެކު ފެނިގެންދާނެ އެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކުން އެކަން މުޅިން ކަހަލަ ގޮތަކަށް ބަދަލުކޮށްލާނެ އެވެ. މުދަލާއި ފައިސާ އެއް ރަށުން އަނެއް ރަށަށް ގެންދަން މިވަނީ ދޮރު ހުޅުވިފަ އެވެ. ދަނޑުވެރިކަން ކުރާ ރަށްތަކުގައި ހައްދާ ތަކެތި މަސްވެރި ރަށްތަކަށް ގެންގޮސް، މާކެޓުކޮށް ވިއްކޭނެ ގޮތް ފެރީ ނިޒާމުން ހޯދައިދޭނެ އެވެ. އިގްތިސާދީ ހަބްތަކުގެ ގޮތުގައި ތަރައްގީކުރަމުންދާ ރަށްތަކަށް ވެސް އިތުރު ފުރުސަތުތަކެއް މިއާއެކު ފަހިވެގެންދާނެ އެވެ. އާ ވިޔަފާރިތައް އުފެދިގެންދާނެ އެވެ.