ވެރިރަށް މާލޭގެ އެންމެ ހުޅަނގުން، ސޯޝަލް ސެންޓަރުގައި ތިން ދުވަހުގެ މުއްދަތަކަށް ދެމިގެންދިޔަ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ނިމުނު އިރު ހީކުރި ވަރުގެ ބޮޑު ހަމަނުޖެހުމެއް ނުހިނގައެވެ. އޭގެ ބަދަލުގައި ކޮންގްރެސް އިން ދޫކޮށްލީ ރީތި ފޮޓޯ ތަކެކެވެ.
އޮގަސްޓް 22، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. މި ކޮންގްރެސް ގައި 1000 އާއި ގާތްކުރާ އަދަދަކަށް ކޮންގްރެސްމަނުން ވަނީ ބައިވެރިވެފައެވެ. ރައީސް ނަޝީދު ބަރުލަމާނީ ގަރާރު ނަގަން އެއްބަސްވުމާ ހަމަޔަށް ކޮންގްރެސް ތެރޭގައި ދެ ރައީސުންގެ ގުޅުންތެރިކަން ފެނުނީ ކުޑަކޮށެވެ --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 22، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސްގެ ދެވަނަ ދުވަހު ވޯޓު ގަޑީގައި ރައީސް ސޯލިހް، ރައީސް ނަޝީދު އަދި ޗެއާޕާސަން ފައްޔާޒް ކުރެއްވި މަޝްވަރާގެ ތެރެއިން. މި މަޝްވަރާއަށް ފަހު ރައީސް ސޯލިހާއި ސުވާލުކުރުމުން ވަނީ މައްސަލައަށް ހައްލެއް ލިބިއްޖެ ކަމަށް ވިދާޅުވެފައި --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 22، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސްގައި ނެގުނު އެންމެ ފުރަތަަމަ ވޯޓު. މި ވޯޓަކީ ކޮންގްރެސްގެ އިސްލާހުތަކަށް ނަގާނީ ހާމަ ވޯޓެއްތޯ ބެލުމަށް ނެގި ސިއްރު ވޯޓެއް --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 21، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސްގެ ފުރަތަމަ ދުވަހު މިނިސްޓްރީތަކުގެ ޕްރެސެންޓޭޝަންތައް ހުށަހަޅަމުން ދިޔައިރު ހާޒިރީ ދަށްކަން ފާހަގަކޮށްލެވޭ --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 22، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ބަރުލަމާނީ ގަރާރު ނަގަން އިއުލާންކުރެއްވުމަށްފަހު ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮންގްރެސްމަނުންނާއި ކުރިމަތިލައި ސަލާމްކޮށްލަނީ. ކޮންގރެސްގެ ބައިވެރިންގެ ހޫނު ތަރުހީބާއި އެކު މި މަންޒަރަކީ މުޅި ކޮންގްރެސްގެ އެންމެ ރީތި މަންޒަރު --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 22، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސްގެ ދެވަނަ ދުވަހު ވޯޓު ގަޑީގައި ރައީސް ސޯލިހް، ރައީސް ނަޝީދު އަދި ޗެއާޕާސަން ފައްޔާޒް ކުރެއްވި މަޝްވަރާ ނިންމާލައްވަނީ. ބެލެވޭގޮތުގައި މިއީ ބަރުލަމާނީ ގަރާރާއި މެދު ކުރެވުނު މަޝްވަރާއެއް --- ފޮޓޯ؛ އަބްދުﷲ އިޔާން | އަދަދު
އޮގަސްޓް 22، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ގަވައިދާ ހިލާފަށް ގޮފިތައް އުފައްދައިގެން އެމްޑީޕީގެ ކޮންގްރެސްގައި މަންދޫބުން ބައިވެރިވެފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާއެކު އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުވެފައި. ބައިވެރިއަކު ހަޅޭލަވަނީ --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 22، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސްގެ ދެވަނަ ދުވަހު ވޯޓު ގަޑީގައި ރައީސް ސޯލިހް، ރައީސް ނަޝީދު އަދި ޗެއާޕާސަން ފައްޔާޒް ކުރެއްވި މަޝްވަރާގެ ތެރެއިން. މި މަޝްވަރާއަށް ފަހު ރައީސް ސޯލިހާއި ސުވާލުކުރުމުން ވަނީ މައްސަލައަށް ހައްލެއް ލިބިއްޖެ ކަމަށް ވިދާޅުވެފައި. އަދި މިއީ ކޮންގްރެސްތެރެއިން ދެ ރައީސުންނާއި ޗެާޕާސަން އެއްކޮށް ދިމާވެ ވާހަކަ ދެއްކި ފުރަތަމަ ފަހަރު --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 22، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ކޮންގްރެސްގެ ހާޒިރީ އެންމެ ރަނގަޅު ދުވަހަކީ 2 ވަނަ ދުވަސް. ގިނަ ބައިވެރިންތަކެއް ވަނީ ބަހުސްތަކުގައި ބައިވެރިވެ އެ މީހުންގެ ހިޔާލާއި ކަންބޮޑުވުންތަށް ފާޅުކޮށްފައި --- ފޮޓޯ؛ އަބްދުﷲ އިޔާން | އަދަދު
އޮގަސްޓް 21، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސްގެ ފުރަތަމަ ދުވަހު އޮތް ފޮޓޯ މައުރަޒުގެ ތެރެއިން ރައީސް ސޯލިހާއި ރައީސް ނަޝީދު ދިމާވަނީ. ދެ ރައީސުން މައުރަޒު ބަލާލުމަށް ވަޑައިގަތީ ވަކިން --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 22، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ޝުކުރު ދެންނެވުމަށްފަހު ސްޓޭޖުން ފައިބާ ވަޑައިންނަވަނީ --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 21، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސްގެ ފުރަތަމަ ދުވަހު އޮތް ފޮޓޯ މައުރަޒުގެ ތެރެއިން ރައީސް ސޯލިހް ރައީސް ނަޝީދާއި އެކު ނަންގަވާފައިވާ ފޮޓޯއަކަށް ބަލާލަނީ --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 22، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ކޮންގްރެސްމަނުން ބައިވެރިވަނީ --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 21، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސްގެ ފުރަތަމަ ދުވަހު މިނިސްޓްރީތަކުން ޕްރެސެންޓޭޝަންތަށް ހުށަހެޅުމުގެ ތެރެއިން. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 21، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސްގެ ފުރަތަމަ ދުވަހު މިނިސްޓްރީތަކުން ޕްރެސެންޓޭޝަންތަށް ހުށަހެޅުމުގެ ތެރެއިން. ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 21، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ނިމިގެންދިޔައީ ވަރަށް ކާމިޔާބު ކޮންގްރެސްއެއް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ. ބައިވެރިއަކު ރައީސް ސޯލިހާއި އެކު ސެލްފީއެއް ނަގަނީ --- ފޮޓޯ؛ މުހައްމަދު ޝާބިން | އަދަދު
އޮގަސްޓް 22، 2022 - އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން. ކޮންގްރެސްގެ ދެވަނަ ދުވަހު ވޯޓު ގަޑީގައި ރައީސް ސޯލިހް، ރައީސް ނަޝީދު އަދި ޗެއާޕާސަން ފައްޔާޒް ކުރެއްވި މަޝްވަރާގެ ތެރެއިން. މި މަޝްވަރާއަށް ފަހު ރައީސް ސޯލިހާއި ސުވާލުކުރުމުން ވަނީ މައްސަލައަށް ހައްލެއް ލިބިއްޖެ ކަމަށް ވިދާޅުވެފައި --- އިޔާން / އަދަދު
22 އޮގަސްޓު 2022 - 14:41 0
އަބްދުﷲ އިޔާން
އަދި
މުހައްމަދު ޝާބިން
Comment