Advertisement

ތުރުކީގެ މުއްސަނދި ތާރީހު ފޮޓޯއިން

27 ޖުލައި 2022 - 14:31 0

މުހައްމަދު ޝާބިން

މުހައްމަދު ޝާބިން

ތުރުކީ އަށް ކުރި ފަސް ދުވަހުގެ ދަތުރުގައި އަހަންނަށް ތަޖުރިބާ ކުރެވުނީ ކުޑަ އިރު ސޯޝަލް ސްޓަޑީސް ގައި ކިޔެވި ސިވިލައިޒޭޝަންސް ފިލާވަޅުތަކުގައި ދެއްކި ބައެއް ވާހަކަތަކެވެ. ބަލާލެވުނީ ކުރީގެ ރީތި އިމާރާތްކުރުމާއި އާޝޯހުވާ ފަދަ ކުރެހުންތަކެވެ.


މަޝްހޫރު ޔޫފްރޭޓަސް ކޯރު. މިއީ ހުޅަނގު އޭޝިއާގެ އެންމެ ދިގު ކޯރު. އަދި މެސޮޕޮޓޭމިއާ ހަޟޯރާތް އުފެދިގެން އައިސް ކުރިއަރައި ދިޔައީ މި ކޯރުގެ ސަބަބުން ކަމަށް ތާރީހު ދިރާސާކުރާ މީހުން ބުނޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ދަތުރުގައި ދެވުނު އެންމެ ހާއްސަ އެއްތަން ކަމަށްވާ ނެމްރޫތު ފަރުބަދަ. ފަތިހު ތިން ޖެހި އިރު ދަތުރު ފަށައިގެން އަހަރެމެންނަށް އެ ތަނަށް ދެވުނީ ދުވަހުގެ އެންމެ ހިތްގައިމު އެއް ވަގުތުކޮޅު ކަމުގައިވާ އިރުއަރާ ވަގުތަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރޯމަނުންގެ ގާނޫނު ހަދާ މަޖިލިސް. އިހުގެ ރީތި އިމާރާތްކުރުމާއި އާޝޯހުވާފަދަ ކުރެހުންތައް މިތަނުން ފެނުނު. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހަޔާ ސޯފިއާ މިސްކިތުގެ ފުރިހަމަ އަދި އަޖައިބުކުރަނިވި އިންޓީރިއާ. މިއީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖު ސައިޓުތަކުގެ ތެރޭގައި ހިމެނޭ ރީތި ބިނާއެއް. މިތަން މިސްކިތަކަށް ބަދަލުކުރީ 1400 ގެ އަހަރުތަކުގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އޮޓޮމަން އެމްޕަޔާގެ ހާއްސަ ޝަހަރެއް ކަމަށްވާ އަދިޔަމަންގައި ހުރި މިސްކިތެއް. މަޝްހޫރު ޔޫފަރޭޓެސް ކޯރު މި ޕްރޮވިންސް ގެ ދެކުނަށް އޮވޭ. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރޯމަނުންގެ ބޮޑެތި އާއިލާތަކުގެ މީހުން މަރުވުމުން ހަށިގަނޑު ރައްކާކުރަން ބާއްވަން ހަދާފައިވާ ގިނަ ހޮހަޅަތަކެއް މިތަނުގައި ތިބި އިރު މި ހޮހަޅަތަކަކީ އަތުން ގާ ކަނޑައިގެން ހަދައިފައިވާ ތަންތަން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރޯމަނުންގެ 'ރަން ޒަމާނުގެ' ސަހަރެއް ކަމަށްވާ 'ޕެރޭ'. ރޯމަނުންގެ ބޮޑެތި އާއިލާތަކުގެ މީހުން މަރުވުމުން ހަށިގަނޑު ރައްކާކުރަން ބާއްވަން ހަދާފައިވާ ގިނަ ހޮހަޅަތަކެއް މިތަނުގައި ހުރޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އުރުފާ ސިޓީގައި ހުންނަ އިބްރާހިމްގެފާނުގެ ހޮހަޅަކޮޅު. މި ސަރަހައްދަކީ ގިނަ ރަސޫލުބޭކަލުންތަކެއް ދިރިއުޅުއްވި ސަރަހައްދެއް. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އާންމު ގޮތެއްގައި ތުރުކީ މަޝްހޫރުވެފައި އޮންނަނީ "ހަނީމޫން ޑެސްޓިނޭޝަން" އެއްގެ ގޮތަށް. ނަމަވެސް، މުސްކުޅި ތުރުކީގެ އިމާރާތްތަކާއި ބިނާތައް މާ ފުރިހަމަވެފައި ޗާލު. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އިހުގެ ހަޟޯރާތްތަކުގެ މީހުން ކުރިން ބޭނުންކޮށްފައިވާ ބައެއް ތަކެތި ދާރުލް އާސާރެއްގައި ދައްކަން ބަހައްޓާފައި. އެންމެ ފުރަތަމަ ހަޟޯރާތެއް ގާއިމުވެ އިންސާނުން ދިރިއުޅެން ފެށި އެއް ގައުމަކީ ތުރުކީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އިސްތަންބޫލުގެ ގެތަކެއް. މިއީ ތުރުކީގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާއިރު އޮންނަނީ އޭޝިއާ އާއި ޔޫރަޕާ ދެމެދު. ގާތްގަނޑަކަށް 15 މިލިއަން މީހުން މި ސިޓީގައި ދިރިއުޅޭ. މިއީ ތުރުކީގެ ސަގާފަތާއި ތާރީހު އެންމެ ރަނގަޅަށް ތަޖުރިބާކޮށްލެވޭނެ ސިޓީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު



ޓާކިޝް އެއާލައިނުގެ ފޭމް ދަތުރުގެ ބައިވެރިން. އެ ގައުމުގެ މުއްސަނދި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ މުހިންމު ބިނާތަކަށް ދަތުރުގެ ބައިވެރިން ދިޔަ. ތުރުކީއަކީ ދުނިޔޭގެ އެންމެ ގަދީމީ އެއް ތާރީހު އޮތް ގައުމު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ތުރުކީގެ މުއްސަނދި ތާރީހު ފޮޓޯއިން

27 ޖުލައި 2022 - 14:31 0