Advertisement

ފޮޓޯ؛ "ތްރޫ ދަ އައިސް އޮފް ވެންގޯ" ގެ ހިތްގައިމު މޮޅު ކުރެހުންތައް

8 ޖޫން 2022 - 11:15 0

މުހައްމަދު ޝާބިން

މުހައްމަދު ޝާބިން

މި އެގްޒިބިޝަންގައި ހުރީ ދުނިޔެ ދުށް އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ކުރެހުންތެރިޔާ ކަމަށްވާ ނެދަލޭންޑްސްގެ ވިންސެންޓް ވެންގޯ ގެ ކުރެހުންތަކަށް ބިނާކޮށް ކުރަހާފައިވާ ކުރެހުންތަކެއް. ޖުމްލަ 80 އަށްވުރެ ގިނަ އާޓިސްޓުންގެ ހުނަރު ދައްކާލަން ވަނީ ބަހައްޓާފައި.


ޖޫން 7، 2022 - މިއުސް އިން އިންތިޒާމުކޮށްގެން ބޭއްވި "ތްރޫ ދަ އައިސް އޮފް ވެންގޯ" އާޓް އެގްޒިބިޝަންގައި ބަހައްޓާފައި ހުރި ކުރެހުންތަކެއް ބަޔަކު ބަލަނީ. މި އެގްޒިބިޝަނުގައި 80 އަށްވުރެ ގިނަ އާޓިސްޓުން ބައިވެރިވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޖޫން 7، 2022 - "ތްރޫ ދަ އައިސް އޮފް ވެންގޯ" އާޓް އެގްޒިބިޝަންގައި ބަހައްޓާފައި ހުރި ކުރެހުންތަކެއް މީހަކު ބަލަނީ. ވިންސެންޓް ވެންގޯ އަކީ 2،100 އަށްވުރެ ގިނަ ކުރެހުން ކުރެހި މަޝްހޫރު ކުރެހުންތެރިޔެއް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޖޫން 7، 2022 - "ތްރޫ ދަ އައިސް އޮފް ވެންގޯ" އާޓް އެގްޒިބިޝަންގައި ބަހައްޓާފައި ހުރި ކުރެހުންތަކެއް. މި އެގްޒިބިޝަންގައި 320 ވުރެ ގިނަ އާޓިސްޓުން ބައިވެރިވިއިރު އޭގެ ތެރެއިން 80 އަށްވުރެ ގިނަ ކުރެހުން ވަނީ އާޓް ގެލަރީގައި ބަހައްޓާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޖޫން 7، 2022: "ތްރޫ ދަ އައިސް އޮފް ވެންގޯ" ގައި ހުރި ކުރެހުމެއް. އަށާރަ ވަނަ ގަރުނުގެ ތެރޭގައި ވެންގޯ ކުރެހި ކުރެހުންތަކަކީ އަދިވެސް އާޓިސްޓުންގެ މެދުގައި މަގުބޫލު އަދި ނުފޫޒުގަދަ ކުރެހުންތަކެއް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޖޫން 7، 2022 - "ތްރޫ ދަ އައިސް އޮފް ވެންގޯ" ގައި ބަހައްޓާފައި ހުރި ކުރެހުމެއްގެ ފޮޓޯ މީހަކު ނަގަނީ. މި މަހުގެ 5 އާ ހަމައަށް ކުރިއަށްގެންދަން އޮތް އެގްޒިބިޝަނުގެ މަގުބޫލުކަން އިތުރުވެ މި މަހުގެ 10 އާ ހަމައަށް ކުރިއަށްގެންދާނެ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޖޫން 7، 2022 - "ތްރޫ ދަ އައިސް އޮފް ވެންގޯ" ގެ އެއްވަނައަށް ދިޔަ ކުރެހުން. މިއީ ވެންގޯގެ އެންމެ މަޝްހޫރު އެއް ކުރެހުން ކަމަށްވާ "ދަ ސްޓާރީ ނައިޓް" އަށް ބިނާކޮށް ކުރަހާފައިވާ ކުރެހުމެއް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޖޫން 7، 2022 - "ތްރޫ ދަ އައިސް އޮފް ވެންގޯ" ގައި ބަހައްޓާފައި ހުރި ކުރެހުމެއް. ނެދަލޭންޑްސްގެ މަޝްހޫރު ކުރެހުންތެރިޔާ ވިންސެންޓު ވެންގޯގެ ކުރެހުންތަކަށް ބިނާކޮށް 350 އަށްވުރެ ގިނަ ހުށަހެޅުން އާޓިސްޓުން ހުށަހެޅި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޖޫން 7، 2022 - އެގްޒިބިޝަނުގައި ހުރި ކުރެހުމެއް. ވިންސެންޓު ވެންގޯ އަކީ ދުނިޔެ ދުށް އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ކުރެހުންތެރިޔާ. އޭނާގެ ކުރެހުންތައް ދުނިޔޭގެ އެންމެ އަގުބޮޑު ކުރެހުންތަކުގެ ތެރޭގައި ހިމެނޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޖޫން 7، 2022 - މިއުސް އިން އިންތިޒާމުކޮށްގެން ބޭއްވި "ތްރޫ ދަ އައިސް އޮފް ވެންގޯ" އާޓް އެގްޒިބިޝަންގައި ބަހައްޓާފައި ހުރި ކުރެހުންތަކެއް ބަޔަކު ބަލަނީ. މި އެގްޒިބިޝަނުގައި 80 އަށްވުރެ ގިނަ އާޓިސްޓުން ބައިވެރިވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޖޫން 7، 2022 - "ތްރޫ ދަ އައިސް އޮފް ވެންގޯ" އާޓް އެގްޒިބިޝަންގައި 320 ވުރެ ގިނަ އާޓިސްޓުން ބައިވެރިވިއިރު އޭގެ ތެރެއިން 80 އަށްވުރެ ގިނަ ކުރެހުން ވަނީ އާޓް ގެލަރީގައި ބަހައްޓާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފޮޓޯ؛ "ތްރޫ ދަ އައިސް އޮފް ވެންގޯ" ގެ ހިތްގައިމު މޮޅު ކުރެހުންތައް

8 ޖޫން 2022 - 11:15 0