Advertisement

ފޮޓޯ: "މަޖީދީ ރަން"ގެ އުފާވެރި 95 ގަޑިއިރު

18 މޭ 2022 - 15:12 0

އަބްދުﷲ އިޔާން

އަބްދުﷲ އިޔާން

މިއީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމަށާއި އަދި އެ ސްކޫލުގެ 100 ވަނަ އަހަރީ ދުވަހަށް ކައުންޓްޑައުން ފެށުމުގެ ގޮތުން 95 ގަޑިއިރަށް ކުރިއަށް ގެންދިޔަ ދުވުމެއް. ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން މި ހަރަކާތުގައި ބައިވެރިވި.


މެއި 15، 2022: މަޖީދީ ރަން ގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ދުވެވަޑައިގަންނަވަނީ. މި ހަރަކާތުގައި އެ ސްކޫލުން ތައުލީމު ހާސިލުކުރި މީހުންނާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބަޔަކު ބައިވެރިވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 15، 2022: މަޖީދީ ރަންގައި ބައިވެރިވި އެ ސްކޫލްގެ މުސްކުޅި ދަރިވަރަކު މަޖީދިއްޔާގެ ލޯގޯ ދައްކާލަނީ. ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލަށް ގަރުނެއް ފުރެން ބާކީ އޮތީ ފަސް އަހަރު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 18، 2022: މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންތަކެއް ދުވުމުގައި ބައިވެރިވުމަށް ފަހު ސެލްފީއެއް ނަގަނީ. މަޖީދިއްޔާ ސްކޫލުގެ ފެށުމަކީ 19 އޭޕްރިލް 1927 ގައި މަދަރުސަތުއް ސަލާހިއްޔާގެ ނަމުގައި ކިޔަވައިދޭން ފެށި މަދަރުސާ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 15، 2022: މަޖީދިއްޔާ އިން ކުރިއަށް ގެންދިޔަ 95 ގަޑިއިރުގެ ދުވުމުގައި އެ ސްކޫލުގެ ބައެއް މުސްކުޅި ދަރިވަރުން ދުވަނީ. މި ދުވުން އެ ސްކޫލުން ހުއްޓާނުލައި 95 ގަޑިއިރު ކުރިއަށްދިޔަ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 15، 2022: ރާއްޖޭގައި އުފެދުނު އެންމެ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މަޖީދީ ރަންގައި ދުވަނީ. ރާއްޖޭގައި ފާހަގަކޮށްލެވޭ ގިނަ ފިރިހެން އެތުލީޓުން ތައުލީމް ހާސިލްކުރީ މަޖީދިއްޔާ ސްކޫލުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 17، 2022: ހޯމް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދުވެވަޑައިގަންނަވަނީ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 17، 2022: މަޖީދީ ރަން ނިންމުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް ދުވަނީ. ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން މި ދުވުމުގައި ބައިވެރިވެވަޑައިގެންނެވި ---ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 17، 2022: މަޖީދީ ރަންގެ ބައިވެރިންތަކެއް ދުވަނީ. 2011 އިން ފެށިގެން އެ ސްކޫލުގައި ދެ ޖިންސުގެ ދަރިވަރުންނަށް އަންނަނީ ކިޔަވައިދެމުން. މި ދުވުމުގައި އެ ސްކޫލުގައި މިހާރު ތައުލީމް ހާސިލުކުރާ ދަރިވަރުން ބައިވެރިވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 17، 2022: މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް އެ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ދުވުން ނިންމާލުމުގެ ރަސްމިއްޔާތުގައި ބައިވެރިވަނީ. އެ ސްކޫލުގެ 100 ވަނަ އަހަރީ ދުވަހަށް ކައުންޓްޑައުން ވެސް މިހާރު ވަނީ ފަށާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 17، 2022: ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖީދީ ރަންގައި ދުވެވަޑައިގަންނަވަނީ. ރާއްޖޭގެ ރައީސްކަން ކުރެއްވި ގިނަ ބޭފުޅުންނަކީ މަޖީދިއްޔާ ސްކޫލުން ކިޔަވައިވަޑައިގެންނެވި ބޭފުޅުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 17، 2022: މަޖީދި ރަން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މަޖީދިއްޔާ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރީ 1977 ވަނަ އަހަރު. 2027 ވަނަ އަހަރު އެ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 17، 2022: މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން މަޖީދީ ރަންގެ ދަންމަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އަރުވަނީ. ރާއްޖޭގެ ރައީސްކަން ކުރެއްވި ގިނަ ބޭފުޅުން ތައުލީމު ހާސިލުކުރީ މަޖީދިއްޔާ އިން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 17، 2022: މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން މަޖީދީ ރަންގެ ދަންމަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އަރުވަނީ. ރާއްޖޭގެ ރައީސްކަން ކުރެއްވި ގިނަ ބޭފުޅުން ތައުލީމު ހާސިލުކުރީ މަޖީދިއްޔާ އިން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 17، 2022: މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން މަޖީދީ ރަންގެ ދަންމަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އަރުވަނީ. ރާއްޖޭގެ ރައީސްކަން ކުރެއްވި ގިނަ ބޭފުޅުން ތައުލީމު ހާސިލުކުރީ މަޖީދިއްޔާ އިން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ފޮޓޯ: "މަޖީދީ ރަން"ގެ އުފާވެރި 95 ގަޑިއިރު

18 މޭ 2022 - 15:12 0