Advertisement

ގައްދޫގެ ފަހުރު ހޫދު; ހޫނު މަރުހަބާއެއް!

4 ޑިސެންބަރު 2021 - 15:33 0

ރާޅާއެޅުމުގެ ގައުމީ މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ ޝޯޓްބޯޑް އިވެންޓްގެ ޗެމްޕިއަންކަން ހޯދި ގދ. ގައްދޫގެ ކުޅަދާނަ ސާފަރު ހޫދު އަހުމަދު އެ ރަށަށް ދިޔުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި: އެ ރަށަށް ބޮޑު އުފަލެއް - ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ޓީމުގެ ކުޅުންތެރިން ދަތުރުކުރި ލޯންޗަށް މަރުހަބާ ކިޔުން; ލޯންޗް ފަޅުން ވަދެގެން އައިއިރު ޑިންގީތަކުގައި އާންމުން ގޮސް ވަނީ ބޮޑުބެރު ޖަހާ ފޯރި ނަގާފައި. ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ޓީމުގެ ކުޅުންތެރިން ދަތުރުކުރި ލޯންޗަށް މަރުހަބާ ކިޔުން; ލޯންޗް ފަޅުން ވަދެގެން އައިއިރު ޑިންގީތަކުގައި އާންމުން ގޮސް ވަނީ ބޮޑުބެރު ޖަހާ ފޯރި ނަގާފައި. ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ގައްދޫ ރައްޔިތުން ޓީމަށް މަރުހަބާ ކިޔާފައި ވަނީ ރަތް ދޫލައިގައި; ގައްދޫގެ ރައްޔިތުންނާއި ރާޅާ އެޅުންތެރިންގެ އާއިލާ މީހުން ސަފުގައި -- ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ލޯންޗް ބަނދަރު ކުރުމާއިއެކު ހޫދު ޗެމްޕިއަން ޓްރޮފީ ދައްކާލަނީ -- ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ގައުމީ ރާޅާ އެޅުމުގެ މުބާރާތުން އެއްވަނަ ހޯދި ހޫދު ގައްދޫގެ ޒުވާނުން އުފުއްލާލައި އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ގައުމީ ޓީމަށް ގައްދޫއިން ހޮވުނު އިސްމާއިލް ރަޝީދު، އުފުއްލާލައި އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ގައުމީ ޓީމުގެ ކުޅުންތެރިޔާ އަދި މިހާރު ގައުމީ ރޭންކިންގެ ތިން ވަނަ އިސްމާއިލް ރަޝީދަށް އެއާޕޯޓުން މަރުހަބާ ކިޔުން.- ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ގައްދޫ ހެލްތު ސެންޓަރުގެ މުވައްޒަފުން ރާޅު ޓީމާއެކު: ހެލްތު ސެންޓަރުގެ ފަރާތުން ވަނީ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައި. ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ގައުމީ ޓީމުގެ ކުޅުންތެރިޔާ އަދި މިހާރު ގައުމީ ރޭންކިންގެ ހަތަރު ވަނަ ނަޖާހު މުހައްމަދަށް އެއާޕޯޓުން މަރުހަބާ ކިޔުން. - ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ގައުމީ ޓީމުގެ ކުޅުންތެރިޔާ އަދި މިހާރު ގައުމީ ރޭންކިންގެ އެއް ވަނަ ހޫދު އަހުމަދަށް އެއާޕޯޓުން މަރުހަބާ ކިޔުން. - ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ރަށަށް އެރުމާއެކު ހޫދަށް އެންމެ ފުރަތަ މަރުހަބާ ކިޔާފައި ވަނީ، ހޫދުގެ މައިންބަފައިން; ހޫދުގެ ޓްރޮފީ ބައްޕައާ ހަވާލުކުރުނީ - ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


ގައްދޫގެ ފަހުރު ހޫދު; ހޫނު މަރުހަބާއެއް!

4 ޑިސެންބަރު 2021 - 15:33 0