Advertisement

ދިވެހި ކުންފުންޏެއްގެ ފްލެޓް އެޅުމުގެ ބޮޑު މަޝްރޫއު

16 ޖޫން 2021 - 16:32 0


ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އެޕޯލޯއާ ހަވާލުކޮށްގެން އިމާރާތްކުރާ 1000 ފްލެޓުގެ ބިންގާ އެޅުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ: މިއީ ދިވެހި ކުންފުންޏަކުން ހުޅުމާލޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށް އެޗްޑީސީން ބުނޭ.


އެޕޯލޯ ހޯލްޑިންގްސް އިން ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އަޅާ ޓަވަރެއްގެ ކުރެހުން: މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ދިވެހި ކުންފުނިތަކަށް ހުޅުވާލި ފުރުސަތުގައި.


މި މަޝްރޫއުގެ ދަށުން އަޅަނީ ތިން ކެޓަގަރީއަކަށް ފެތޭ ގޮތަށް، ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިން އަދި މިޑްލް އިންކަމް ފްލެޓްތަކެއް. ދެ ކޮޓަރީގެ ޔުނިޓެއްގައި 650 އަކަ ފޫޓު ހުންނައިރު ތިން ކޮޓަރީގެ ފްލެޓްތަކެއްގެ ސައިޒަކީ 800 އަކަ ފޫޓު


ވަކި ވަރަކަށްވުރެ އާމްދަނީ މަދުން ލިބޭ އާއިލާތަކަށް އަމާޒުކޮށްގެން ކުއްޔަށްދޭ ދެ ކޮޓަރީގެ ޔުނިޓަކަށް މަހަކު 5،500ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ ޔުނިޓެއްގެ ކުއްޔަކީ 7،000ރ. މިއީ ސޯޝަލް ހައުސިންގެ އެހެން ސްކީމްތަކާ އަޅާ ބަލާއިރު ޖާގަ ތަނަވަސް ފްލެޓްތަކެއް.


އެފޯޑަބްލް ހައުސިންގެ ދަށުން ދޫކުރެވޭ 650 އަކަ ފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 8،600ރ. ދައްކަން ޖެހޭއިރު 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުއްޔަކީ މަހަކު 13،000ރ.


މިޑްލެވަލް ހައުސިން ޔުނިޓްތަކެއް ތަރައްގީ ކުރެވޭއިރު 750 އަކަ ފޫޓުގެ ދެ ކޮޓަރީގެ 160 ޔުނިޓާއި 1،000 އަކަ ފޫޓުގެ ތިން ކޮޓަރީގެ 500 ޔުނިޓު ވެސް މި މަޝްރޫއުގެ ދަށުން އަޅާނެ.


ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންސެޕްޓާއި ޑިޒައިން ވެސް ކުރިއަށް ގެންދަނީ އެޕޯލޯ ކުންފިނިން. މި މަޝްރޫއުގައި ފައިނޭންސް ކުރާނީ ވެސް އެ ކުންފުނިން.


ދިވެހި ކުންފުންޏެއްގެ ފްލެޓް އެޅުމުގެ ބޮޑު މަޝްރޫއު

16 ޖޫން 2021 - 16:32 0