Advertisement

މައިންޑް ޗޭމްޕްސްގެ ޓީޗަރުންގެ ފުރަތަމަ ބެޗު ސިންގަޕޫރުގައި ތަމްރީންތައް ފުރިހަމަކޮށްފި

5 ނޮވެންބަރު 2025 - 12:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މައިންޑް ޗެމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ޓީޗަރުން


މައިންޑް ޗޭމްޕްސްގެ ޓީޗަރުންގެ ފުރަތަމަ ބެޗު ސިންގަޕޫރުގައި ތަމްރީންތައް ފުރިހަމަކޮށްފި

5 ނޮވެންބަރު 2025 - 12:30 0

ކުރިއަށް އޮތް ދިރާސީ އަހަރު ހުޅުވުމަށް ތައްޔާރުވަމުން އަންނަ މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލް މޯލްޑިވްސްގެ ޓީޗަރުންގެ ފުރަތަމަ ބެޗު ސިންގަޕޫރުން ތަމްރީންތައް ފުރިހަމަކޮށްފި އެވެ.

ޖުމްލަ 10 ދުވަހުގެ ތަމްރީން ދަތުރަށް މައިންޑް ޗޭމްޕްސްގެ ޓީމު ސިންގަޕޫރަށް ދިޔައީ އޮކްޓޯބަރު 20، ގަ އެވެ. އެ ދަތުރުގައި ޓީޗަރުންނާއެކު މައިންޑް ޗޭމްޕްސްގެ މެނޭޖްމަންޓާއި ޕްރިންސިޕަލާއި ލީޑިން ޓީޗަރުން ވެސް ބައިވެރިވި އެވެ.

މައިންޑް ޗޭމްޕްސް މޯލްޑިވްސްގެ ޕްރިންސިޕަލް، އަމަތުالله ޝަކީބު ވިދާޅުވީ އެ ތަމްރީން ދަތުރުގައި އެ ގައުމުގެ އެންމެ ބޮޑު ދެ ސްކޫލަށް ގޮސް އެތަނުގައި އަމަލީ ތަޖުރިބާތަކެއް ހޯދުނު ކަމަށެވެ.

"މި 10 ދުވަހުގެ ތެރޭގައި ރަސްމީ ތަމްރީނުތަކުގެ އިތުރުން މުޅި ޓީމު އެކީގައި އުޅެވުމުން ވެސް އެކަކު އަނެކަކަށް ދަސްވި އަދި މައިންޑް ޗެމްޕްސް ސިންގަޕޫރުގެ އެންމެ ބޮޑު ދެ ސްކޫލަށް ގޮސް އެތަނުގައި އަމަލީ ތަޖުރިބާ ހޯދުނު،" އޭނާ ވިދާޅުވި އެވެ.

މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ކިޔަވައިދިނުން ފެށުމުގެ ކުރިން ތައުލީމީ ސެޓްފިކެޓާއި ޓީޗިން ކޮލިފިކޭޝަންގެ އިތުރުން 200 ގަޑިއިރުގެ ތަމްރީނު ފުރިހަމަ ކުރަން ވަނީ މަޖުބޫރުކޮށްފަ އެވެ.

މައިންޑް ޗެމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ޓީޗަރުން ތަމްރީން ޕްރޮގްރާމުގައި


އެ 200 ގަޑިއިރުގެ ތަމްރީނުގައި ހިމެނެނީ އޮންލައިން ތަމްރީނުގެ ބަޔަކާ، ސިންގަޕޫރުގެ މައިންޑް ޗޭމްޕްސް ހެޑް ކުއާޓަރުގައި ހަދާ އަށް ދުވަހުގެ ތަމްރީނު ބަޔަކާ އަދި މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލް މޯލްޑިވްސް ގެ އިމާރާތުގައި ހަދާފައިވާ ނިޔުރޯމޫވްސް ޖިމުގައި ހަދާ 12 ދުވަހުގެ ތަމްރީނެކެވެ.

އެ ތަމްރީނުގެ މައިގަނޑު މަގްސަދަކީ މައިންޑް ޗޭމްޕްސްގެ ފިލޯސަފީ އާ ކިޔަވައިދިނުމުގައި ބޭނުންކުރާ ތަފާތު ގޮތްތަކާއި، އިލްމީ ދިރާސާތަކުގެ އަލީގައި މައިންޑް ޗޭމްޕްސް އިން އުފައްދާފައިވާ، ކުދިންގެ ހެދިބޮޑުވުމާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ކަރިކިއުލަމްއަށް ޓީޗަރުންނާ މެނޭޖްމަންޓް އަހުލުވެރިކޮށް ތަމްރީނު ކުރުމެވެ.

މައިންޑް ޗޭމްޕްސްގެ ދިރާސާ ޓީމުން އުފައްދާފައިވާ ޓީޗާ ޓްރެއިނިންގެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެނީ ސުމައިލްސްސް އެޕްރޯޗް، މައިންޑް ޗޭމްޕްސް ރީޑިން އެންޑް އައުޓިން، އިންކުއަރީ ޓީޗިން އެންޑް ލާނިން، ނިޔުރޯމޫވްސް އަދި ކުރިއޭޓިވިޓީ އެންޑް ތިއޭޓުރިކަލް ސުޓެރެޓެޖީސް އެވެ.

މައިންޑް ޗެމްޕް މޯލްޑިވްސް އިން މިވަގުތު ކުރަމުންދަނީ އެތަނުގެ މިންގަނޑުތަކާ އެއްގޮތަށް ސްކޫލް އިމާރާތުގެ އިންޓީރިއާ އާއި ސްކޫލްގެ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތެވެ.

މައިންޑް ޗޭމްޕްސްއަށް ކުދިން ވެއްދުމަށް ބެލެނިވެރިން މިހާރު ބުކިން ހަދާފައިވާ ދަރިވަރުންގެ އެޑްމިޝަން ޕްރޮސެސް ނޮވެމްބަރު މަހު ފަހު ހަފްތާގައި ކުރިއަށް ދާނެ އެވެ. އަދި ޖާގަ ހުރި ވަރަކުން އިތުރު ދަރިވަރުންނަށް ވެސް އެޑްމިޝަން ހުޅުވާލެވޭނެ އެވެ. އެޑްމިޝަންއާ ގުޅޭ ތަފްސީލް އާއްމުކޮށް އިއުލާން ކުރެވޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.