Advertisement

އުރީދޫ ފަން ރަން 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

21 އޮކްޓޯބަރު 2025 - 10:01 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީޑޫ ފަންގެ ތެރެއިން: އެ ދުވުމުގައި ބައިވެރިވާން ވަނީ ހުޅުވާލާފައި -- ފޮޓޯ: އުރީދޫ


އުރީދޫ ފަން ރަން 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

21 އޮކްޓޯބަރު 2025 - 10:01 0

ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންއަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ ޑިސެމްބަރު 19، ގައި ބާއްވާ ފަން ރަން ރަންގެ ފަން ކިޓްގެ ބިބް ކަސްޓަމައިޒް ކުރުން އޮކްޓޯބަރު 31، ގެ ނިޔަލަށް އިތުރު އަގަކާ ނުލާ ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ދުވުމުގައި ރަޖިސްޓްރީވާން ހުޅުވާލީ ނޮވެމްބަރު 13، ވާ ހުކުރު ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ. ޖާގަ ފުރުމުގެ ކުރިން މޫލީ މެދުވެރިކޮށް ރަޖިސްޓްރޭޝަން ކުރިއަށް ގެންދަން އުރީދޫއިން އެދެ އެވެ.

ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ ފަން ރަންގެ ސްޓޭންޑާޑް ކިޓްސް 110ރ. އަށް ލިބޭއިރު، ފަން ރަން ޓީޝާޓަކާއި ރިސްޓް ބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ ފަން ކިޓްސް 210ރ. އަށް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މިދިޔަ އަހަރު އުރީދޫ އިން ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަންގައި 6،500 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، އެއީ އުރީދޫއިން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތްކަން ފާހަގަކޮށްލެވެ އެވެ.

ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށް ހުޅުވާލައިގެން ބާއްވާ ފަސް ކިލޯ މީޓަރުގެ އެ ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާންމުކޮށް ދުވާ މީހުންނަށް ވެސް ބައިވެރިވުމަށް މަޖާ ދުވުމެއް ކަމަށް އުރީދޫއިން ބުންޏެވެ.

އެ ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. އެއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް ދުވުން ނިންމިދާނެ އެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.