13 އޮކްޓޯބަރު 2025 - 08:37 0
ލީވާން އަލީ ނާސިރު
މުއިއްޒު އދ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
13 އޮކްޓޯބަރު 2025 - 08:37 0
ށ. އަތޮޅުގެ 14 ރަށަކަށް ކުރައްވާ ދަތުރެއްގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މުއިއްޒު ވަޑައިގަންނަވާނީ ށ، އަތޮޅުގެ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށެވެ.
މުއިއްޒު ވަޑައިގަންނަވާ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމުގެ އިތުރުން ރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެހެން ދަތުރުތަކެކޭ ވެސް އެއްގޮތަށް މުއިއްޒުއާއެކު މި ދަތުރުގައި ވެސް ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނަ ދަނޑިވަޅުގައި މުއިއްޒު އަންނަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރައްވައި އައު ވައުދުތަކެއް ވަމުންނެވެ.
ނަމަވެސް ރައީސް އޮފީހުން ބުނަނީ އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރެއް ކަމަށެވެ.
Comment