Advertisement

ހުލާސާކޮށް އިއްޔެ: ޝިމަންގެ ފޯނު ފުލުހުންގެ އަތުގައި، އެކަމަކު ފޮޓޯ ލީކް ކޮށްލި ކަމަށް އެއްބަހެއް ނުވި

12 އޮކްޓޯބަރު 2025 - 06:18 0

ރައީސް މުއިއްޒު އާއި ހޯމް މިނިސްޓަރު އިހުސާން އަދި ޕޮލިސް ކޮމިޝަނަރު ނަވީން -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ޝިމަންގެ ފޯނު ފުލުހުންގެ އަތުގައި، އެކަމަކު ފޮޓޯ ލީކް ކޮށްލި ކަމަށް އެއްބަހެއް ނުވި

12 އޮކްޓޯބަރު 2025 - 06:18 0

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނުން ފޮޓޯއެއް ލީކު ކޮށްލީ ފުލުހުން ނޫން ކަމަށާއި އެކަން ވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ ފުލުހުން ބަޔާނެއް ނެރުނު ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ކޯޓު އަމުރެއް އޮތް ކަމަށް ބުނެ ޝިމަންގެ ފޯނު ފުލުހުން ޖަހައިގަތީ އޭނާ ދިރިއުޅޭ ގެ ކައިރީގައި މަގުމަތީގައި ހުއްޓައި ބުދަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަން ހާއިރު އެވެ. ކާކުކަން ނޭނގޭ ގޮތަށް އެކްސް އެކައުންޓެއް ހަދައި އެ ފޯނުގައި ހުރި ޝިމަންގެ ފޮޓޯއެއް ލީކު ކޮށްލީ ފޯނު އަތުލިތާ 24 ގަޑިއިރު ނުވަނީހެވެ.

މި ނޫހާ ވާހަކަ ދައްކަމުން ޝިމަން ބުނީ އޭނާގެ ފޯނުން ފޮޓޯއެއް ލީކުކޮށްލީ ފުލުހުން ކަމަށެވެ. ލީކު ކޮށްލި ފޮޓޯ ފޯނު ފިޔަވައި އެހެން ވެސް ތާކު ނުހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"އެއީ ފޯނުގައި އެކަނި ހުރި މައުލޫމާތެއް. އެއީ އެހެން އެއްވެސް ތަނެއްގައި ހުންނާނެ އެއްޗެއް ނޫން. އެއީ އެހެން އެއްވެސް ތާކު ހުންނާނެ ފޮޓޯއެއް ނޫން. ފުލުހުން ފޯނު ނަގައިގެން ކޮންފިސްޓިކޭޓުކޮށްގެން ގެންދިޔަ ފަހުން، 24 ގަޑިއިރު ވެސް ނުވަނީސް އެ އެއްޗެހި ލީކްވިކަމަށް ފެންނަނީ. އެއީ އިތުރު އެއްވެސް ތަނެއްގައި ހުންނާނެ އިންފޮމޭޝަނެއް ނޫން އެއީކީއެއް،" ޝިމަން ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އުސޫލެއްގެ ތެރެއިން ކަމަށެވެ.

"މި އުސޫލުގެ ދަށުން، އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ވާނީ ފުރިހަމައަށް ކަށަވަރުކުރެވިފަ. އެހެންކަމުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު