Advertisement

އުރީދޫ ކަސްޓަމާ ޑޭ ފާހަގަކުރަން މެނޭޖްމަންޓާއި ސްޓާފުން ކަސްޓަމަރުން ގާތަށް

8 އޮކްޓޯބަރު 2025 - 09:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫގެ މުވައްޒަފުންތަކެއް ކަސްޓަމަރަކާ ވާހަކަ ދައްކަނީ: މިއީ ކަސްޓަމަރުންގެ ހިޔާލު ހޯދަން އެ ކުންފުނިން ހިންގި ހަރަކާތެއް --- ފޮޓޯ: އުރީދޫ


އުރީދޫ ކަސްޓަމާ ޑޭ ފާހަގަކުރަން މެނޭޖްމަންޓާއި ސްޓާފުން ކަސްޓަމަރުން ގާތަށް

8 އޮކްޓޯބަރު 2025 - 09:54 0

ކަސްޓަމާ ޑޭ ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން ކަސްޓަމަރުންގެ ހިޔާލުތަކާއި އިހުސާސުތައް ދެނެގަތުމަށް ކަސްޓަމަރުން ގާތަށް ޒިޔާރަތްކޮށްފި އެވެ.

އުރީދޫގެ މެނޭޖްމަންޓާއި ސްޓާފުން ވަނީ އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރި އެވެ.

އެ ހަރަކާތުގެ ދަށުން އުރީދޫގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުން ސީދާ ކަސްޓަމަރުންނާ މުއާމަލާތުކޮށް، ކަސްޓަމަރުންގެ ބޭނުންތަކާއި، ދަތިތަކާއި، ލަފާތައް ދެނެގަތުމަށް މަގުފަހިވި ކަމަށް އެ ކުންފުނިން ބުންޏެވެ.

"އަޅުގަނޑުމެންގެ ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން. ކަސްޓަމަރ ޑޭ އަކީ ކަސްޓަމަރުންގެ ބޭނުންތައް އޮޅުންފިލުވައި، ފަރުވާތެރިކަމާއެކު އަޑުއަހައި، އެ މީހުންނަށް ހިދުމަތް ދެވޭނެ ގޮތްތައް ދެނެގަންނަ ދުވަހެއް،" އުރީދޫއިން ބުންޏެވެ.

އުރީދޫއިން ހިދުމަތް ދޭ ފަރާތްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުންނަށް އިތުރަށް ގެނެސްދޭންޖެހޭ ކަންކަން އިނގުމަށް އެހީތެރިވެދޭ ކަމެކެވެ.

އެ ހަރަކާތުގައި އުރީދޫގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން އަދި މެނޭޖްމަންޓް އަދި ހުރިހާ ފަންތިއެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

މި ހަރަކާތުގެ ސަބަބުން އުރީދޫގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދޭ ކަމެކެވެ.

މި އަހަރުގެ އުރީދޫގެ ކަސްޓަމާ ޑޭގެ ޝިއާރަކީ "ޑިޖިޓަލީ ޔުއާސް: އެލިވޭޓިން ކަސްޓަމާ އެކްސްޕީރިއަންސް" އެވެ.