Advertisement

ތަޖިކިސްތާނުގެ އާ ކޯޗުގެ ވިސްނުން ރާއްޖެ އަތުން ރަނގަޅު މޮޅަކުން ފަށަން

7 އޮކްޓޯބަރު 2025 - 07:00 0

ތަޖިކިސްތާންގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ސާބިއާގެ ކޯޗު، ގޯރާން ސްޓެވާނޯވިޗް


ތަޖިކިސްތާނުގެ އާ ކޯޗުގެ ވިސްނުން ރާއްޖެ އަތުން ރަނގަޅު މޮޅަކުން ފަށަން

7 އޮކްޓޯބަރު 2025 - 07:00 0

މީގެ ތިން ދުވަސް ކުރިން ތަޖިކިސްތާންގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ސާބިއާގެ ކޯޗު، ގޯރާން ސްޓެވާނޯވިޗް، އެ ޓީމު ގޮވައިގެން ނުކުންނަ ފުރަތަމަ މެޗުގައި ރާއްޖެ އަތުން ރަނގަޅު މޮޅަކުން ފަށަން ބޭނުންވާ ކަމަށް ބުނެފި އެވެ.

ތަޖިކިސްތާންގެ ކޯޗަކަށް ކުރިން ހުރީ، ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ގެލާ ޝެކިލާޒޭ އެވެ. އޭނާ މަގާމު ދުރުކޮށް ސްޓެވާނޯވިޗް އަށް ތަޖިކިސްތާން ކޯޗުކަން ދިނީ، 2026 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަަލަށެވެ. އަދި، އެހާތަނަށް ނެރޭ ނަތީޖާތަކަށް ބެލުމަށް ފަހު، ސްޓެވާނޯވިޗްގެ ކޮންޓްރެކްޓް އާ ކުރަން ތަޖިކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުން ރިވިއުއެއް ކުރިއަށްގެންދާނެ އެވެ.

ސްޓެވާނޯވިޗް، ތަޖިކިސްތާންގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާ އަށް ދީފައި އޮތް ޒިންމާ އަކީ ތަޖިކިސްތާނުން ރަނގަޅު ފުޓްބޯޅައެއް ކުޅެގެން ނަތީޖާ ނެރުން ކަމަށާއި ލިބިފައި އޮތް މުއްދަތަށް ބަަލާއިރު، ފުރަތަަމަ ދުވަހުން ފެށިގެން ވެސް އެ ޓާގެޓަށް ވާސިލްވުމުގެ ކަންކަން ކުރަން ޖެހޭނެ ކަމަށެވެ.

"އަހަރެން ވަރަށް ފަހުރުވެރިވޭ މި ޓީމުގެ ކޯޗުގެ ޒިންމާ އަހަންނަށް ލިބުނީމަ. ވަރަށް ބޮޑު ކަމެއް އެންމެ ފުރަތަމަ މެޗުން ފެށިގެން ވެސް އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅަށް ކުޅެ، ނަތީޖާ ނެރުމަކީ، އަހަންނަށް ވަރަށް އުންމީދު އޮވެގެން މި ޓީމަށް މި އައީ، ސަޕޯޓަރުންގެ އެހީއާ އެކު ދާން ބޭނުންވާ މަންޒިލަށް ދެވޭނެ،" ސްޓެވާނޯވިޗް ބުންޏެވެ.

ކޯޗިން ކެރިއަރު، 2001 ވަނަ އަހަރު ފެށި ސްޓެވާނޯވިޗް ވަނީ، ގާނާ ގައުމީ ޓީމަށް 2010-11 ވަނަ އަހަރު ކޯޗުކޮށްދިނުމުގެ އިތުރުން، 2020 ވަނަ އަހަރު އޮމާން ޓީމަށް އަދި ސާބިއާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް އިރުޝާދުދީފަ އެވެ.

ތަޖިކިސްތާން ދަނޑުގައި މި މަހު ނުވަ ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، މި މަހުގެ 14 ވަނަ ދުވަހު ރާއްޖެ އާއި ތަޖިކިސްތާން ކުޅޭ މެޗު އޮންނާނީ ގަލޮޅު ދަނޑުގަ އެވެ.

ރާއްޖޭން ވަނީ ތަޖިކިސްތާނާ ދެކޮޅަށް ތިން މެޗެއް ކުޅެފަ އެވެ. އެއީ، 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ 3-0 އިން ބަލިވި މެޗާއި 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗު އަދި 2015 ވަނަ އަހަރު ރާއްޖެ 2-0 އިން ބަލިިވި މެޗެވެ.