5 އޮކްޓޯބަރު 2025 - 13:51 0
5 އޮކްޓޯބަރު 2025 - 13:51 0
ޓިއުނީޝިއާގެ ރައިސް ކައިސް ސަޔެދުއަށް ފާޑުކިޔައި ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކްގައި ލިޔުނު މީހަކު މެރުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
މެރުމަށް ހުކުމް އިއްވީ އުމުރުން 56 އަހަރުގެ ލޭބަރާއެއް ކަމަށްވާ ސަބާ ޗުޗާނޭ އެވެ. އޭނާ ކުރި ހަމައެކަނި ކުށަކީ ސަރުކާރަށް ފާޑުކިޔުން ކަމަށް އޭނާގެ ގާނޫނީ ވަކީލާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ހައްޔަރުކޮށް ބަންދުކޮށްފަ އެވެ.
އެ ހުކުމް މިހާރު ވަނީ އިސްތިއުނާފް ކޮށްފަ އެވެ. ޓިއުނީޝިއާގެ ކޯޓުތަކުން މަރުގެ ހުކުމް އިއްވަމުންދިޔަ ނަމަވެސް ފާއިތުވި 30 އަހަރުގެ ތެރޭގައި އެފަދަ ހުކުމެއް ތަންފީޒުކޮށްފައި ނުވެ އެވެ.
މީގެ ހަތަރު އަހަރު ކުރިން 2021 ވަނަ އަހަރު ސަޔެދު ހުރިހާ ބާރެއް މުށުތެރެއަށް ލެއްވި ފަހުން މިއީ މިފަދަ ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ. އެއީ އެ ގައުމުގެ މަޖިލިސް އޭނާ އުވާލެއްވި އަހަރެވެ. އެއަށްފަހު ކޯޓުތަކުގެ މިނިވަންކަން އެއްކޮށް ގެއްލުވާލިއިރު އިދިކޮޅު ފަރަތްތަކުން ބުނާ ގޮތުގައި އެ ބަގާވާތެކެވެ.
އެ ގައުމުގެ ގިނަ އިދިކޮޅު ލީޑަރުންނަކީ ޚާއިނުން ކަމަށް ކަނޑައަޅައި ގިނަ މީހުން ތިބީ އެކި މައްސަލަތަކުގައި ޖަލަށް ލާފަ އެވެ.
Comment