މުޒާހަރާގެ ތެރެއިން މަޖިލިސް މެންބަރު މީކާއިލް ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރަނީ ---- ފޮޓޯ: މިރާޝް/އަދަދު
މިރޭގެ މުޒާހަރާގެ ތެރެއިން އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން ބުނި ގޮތުގައި ހައްޔަރުކުރި މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ލޯކަލް ކައުންސިލްތަކުގެ ބައެއް މެންބަރުން އަދި ކައުންސިލްގެ ރައީސަކު ވެސް ހިމެނެ އެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން
މީގެ އިތުރުން މާފުށީ ކައުންސިލްގެ އެހެން މެންބަރަކާއި އިތުރު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
ހައްޔަރުކުރި މީހުންނަކީ ކޮބައިކަން ފުލުހުން އަދި ހާމަ ނުކުރިޔަސް، ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ މުޒާހަރާގެ އަށް ބައިވެރިޔަކުކަން ކަށަވަރުކޮށް ދިނެވެ.
މިރޭ ހައްޔަރުކުރި އެއްވެސް މީހަކަށް ގާނޫނީ ވަކީލެއްގެ ހައްގު ފުލުހުން ނުދޭ ކަމަށް، އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުންޏެވެ.
"ގާނޫނީ ވަކީލުންގެ ހައްގަކީ ލިބެންޖެހޭ ހައްގެއް. ނަމަވެސް ފުލުހުން އެ ފުރުސަތެއް ނުދޭ. އެ މީހުން ތިބީ ކޮން ތަނެއްގައި ކަމެއް ވެސް ނޭނގޭ،" އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އިބްރާހިމް ޝިޔާމް، ފުލުސް އޮފީހުގެ ބޭރުގައި ހުރެ ވިދާޅުވި އެވެ.
އެމްޑީޕީ ބޭއްވި މުޒާހަރާގެ ބައިވެރިން ފުރަތަމަ އެއްވީ އާޓީފިޝަލް ބީޗަށެވެ. އެއަށް ފަހު، މަޖީދީ މަގުން އިރުން ހުޅަނގަށް ދިޔުމަށް ހިނގައިގަތުމުން ފުލުހުން ހުރަސް އަޅައި، މުޒާހަރާ ރޫޅާލަން ޕެޕާ ސްޕްރޭ ޖެހި އެވެ.
މުޒާހަރާ ނިންމާލީ ދަންވަރު 12:00 ޖެހި ފަހުންނެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން ހާޓް އެޓޭޖެއް ޖެހި އޭނާ އަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ.
މުޒާހަރާގެ ސައުންޑު ހަރުކޮށްފައި ހުރި ޕިކަޕް ފުލުހުން ޓޯކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެއީ ފުލުހުން ގާނޫނާ ހިލާފަށް ކުރި އަމަލެއް ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
Comment