Advertisement

އެމްޑީޕީގެ މުޒާހަރާ ފެށުމާއެކު މުޒާހަރާއަށް ފުލުހުން ހުރަސް އަޅަން ފަށައިފި

3 އޮކްޓޯބަރު 2025 - 21:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްޑީޕީގެ މުޒާހަރާ ފެށުމާއެކު މުޒާހަރާއަށް ފުލުހުން ހުރަސް އަޅަން ފަށައިފި

3 އޮކްޓޯބަރު 2025 - 21:35 0

"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ ވެރި ރަށް އާޓިފިޝަލް ބީޗުގައި ފެށި މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ވަންނަން އުޅުމުން ފުލުހުން އެކަން ހުއްޓުވައި މުޒާހަރާ ރޫޅާލަން މަސައްކަތް ފަށައިފި އެވެ.

މިވަގުތު މުޒާހަރާގެ ބައިވެރިން ތިބީ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގު ގުޅޭ ކަންމަތީގަ އެވެ. ފުލުހުން ވަނީ މަޖީދީ މަގަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. އަދި އެއްވެސް އިންޒާރެއް ދިނުމެއް ނެތި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަސްޕްރޭ ޖަހަމުން ގެންދާކަމަށް 'އަދަދު' ގެ ނޫސްވެރިން ރިޕޯޓުކުރެ އެވެ.

ސަރުކާރުން އަސާސީ ހައްގުތަކަށް އަރައިގަނެ ކޮރަޕްޝަންގެ އަމަލުތައް ހިންގާތީ އެމްޑީޕީން ބާއްވާ މުޒާހަރާ ފެށިއިރު އާޓިފިޝަލް ބީޗުގައި ތިބި މީހުންގެ އަދަދު 2500 އަށް ވުރެ ގިނަވާނެ ކަމަށް އެތަނުގައި ތިބި އަދަދު ގެ ނޫސްވެރިން ބުންޏެވެ.

އެމްޑީޕީ އިން މާލެއަށް އެއްވާތީ އާޓިފިޝަލް ބީޗު ސަރަހައްދު އަދި މާލޭގެ އެކި ތަންތަނުގައި ފުލުހުން ދަނީ ރަޔަޓް ގިޔަރާއެކު ހަރަކާތްތެރިވަމުންނެވެ. އަދި ވެއެތުވެދިޔަ ދުވަސްތަކުގައި ފުލުހުން ވަނީ މާލެ ތެރެއަށް ނުކުމެ އެކި ހަރަކާތްތައް ބާއްވައިފަ އެވެ.

ފުލުހުންގެ އިތުރުން ސިފައިން ވެސް ވަނީ ފާއިތުވި ދެތިން ދުވަހު މާލެ ތެރެއަށް ނުކުމެފަ އެވެ. ސިފައިން ވަނީ އެކި ރޭ މަތިން އަސްކަރީ ޓޭންކަރުތައް ވެސް މަގުތަކަށް ނެރެފަ އެވެ.