Advertisement

ފުލުހުންގެ މާލޭ އޭރިއާގެ ކޮމާންޑަރު ކުއްލިއަކަށް ބަދަލުކޮށްފި

3 އޮކްޓޯބަރު 2025 - 17:15 5

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭ ކޮމާންޑަރަކަށް ކުރި ހުންނެވި އާސިމް (ފަހަތުގައި) އަދި އަލަށް އެ މަގާމަށް އައްޔަން ކުރި ޝަރީފް


ފުލުހުންގެ މާލޭ އޭރިއާގެ ކޮމާންޑަރު ކުއްލިއަކަށް ބަދަލުކޮށްފި

3 އޮކްޓޯބަރު 2025 - 17:15 5

އެމްޑީޕީން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން ތައްޔާރުވަމުން ދަނިކޮށް، މާލޭ އޭރިއާގެ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އާސިމް އަބްދުالله، އެ މަގާމުން ވަކިކޮށް، އާ މީހަކު އައްޔަންކޮށްފި އެވެ.

އިތުބާރު ކުރެވޭ ދެ މަސްދަރަކުން އަދަދު ނޫހަށް ބުނީ، އެމްޑީޕީގެ މުޒާހަރާއާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން ކޮމާންޑަރަކަށް ވެސް ހަމަޖައްސާފައި ހުރީ އާސިމް ކަމަށެވެ. ނަމަވެސް ކުއްލި އަކަށް، މާލޭ ކޮމާންޑަރު ކަމުން ވެސް، އަދި މުޒާހަރާއާ ގުޅޭ ކަންކަމުން ވެސް އާސިމް ދުރުކޮށްފައިވާ ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

"މާލޭ ކޮމާންޑަރަކަށް އަލަށް އައްޔަން ކުރީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުރި އަބްދުﷲ ޝަރީފް އެވެ.

"އާސިމް ބަދަލުކުރުމަކީ ސިޔާސީ ނިންމުމެއް، ބެލެވެނީ ސަރުކާރުން އަންގައިގެން ކުރި ކަމެއް ކަމަށް،" އަދަދު ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.

މި ބަދަލު ގެނައިކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެމްޑީޕީގެ މުޒާހަރާ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުން ފަށާއިރު، ރަށްރަށުން ވެސް ގިނަ އަދަދެއްްގެ ބަޔަކު ދަނީ މާލެ އަރަމުންނެވެ.