Advertisement

އޮކްޓޯބަރު 3 މުޒާހަރާ: ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން މާލެ އަރަން ފަށައިފި

3 އޮކްޓޯބަރު 2025 - 14:06 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ އެއްވުމުގައި ބައިވެރިވުމަށް ޅ. އަތޮޅުން އައި ގްރޫޕް ---- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އޮކްޓޯބަރު 3 މުޒާހަރާ: ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން މާލެ އަރަން ފަށައިފި

3 އޮކްޓޯބަރު 2025 - 14:06 0

އިދިކޮޅު އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީއަށް ތާއީދުކުރާ އަދި މި ސަރުކާރާއި އިދިކޮޅު ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު މާލެއަށް ދަތުރުކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ލޯންޗުތަކާއި ބޯޓުތައް އަދި ދުރު ސަރަހައްދުތަކުން ވައިގެ މަގުން މާލެއަށް މީހުން ދަތުރުކުރާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ ދެކުނާއި އުތުރު އަދި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކުން ދަތުރުކުރާ މީހުން ހިމެނެ އެވެ.

މީގެ އިތުރުން، ރެޔާއި މިއަދު ހެދުނު އަތޮޅުތެރެއިން މާލެއަށް މީހުން އައިސްފައިވެ އެވެ. ލޯންޗުތަކުގައި އައި މީހުން މާލެ އެރީ އެމްޑީޕީގެ ދިދަތައް ވެސް ހިފައިގެންނެވެ.

ގިނަ ބަޔަކު މާލެއަށް ދަތުރު ފަށާފައިވާއިރު، ކޮށް ކަނޑުދަތުރުކުރާ އުޅަނދުތައް ބަލައިފާސްކުރަން ސިފައިން ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ. މި އޮޕަރޭޝަނުގައި އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މި އޮޕަރޭޝަނުގެ ދަށުން މިއަދު މާލޭގައި ބަނދަރުކޮށްފައި ހުރި ބައެއް ލޯންޗުތަކަށް ސިފައިން އަރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މީގެ އިތުރުން، އަންގާރަ ދުވަހުގެ ރޭ ދަންވަރު ގިނަ އަދަދެއްގެ ފުލުހުން ވަނީ ރަޔަޓު ގިޔަރުގައި މާލޭގެ މަގުތަކަށް ނުކުމެފަ އެވެ. ރަޔަޓު ގިޔަރުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ މުޒާހަރާ ފަށާ އާޓިފިޝަލް ބީޗު ކައިރީގަ އެވެ.

އެމްޑީޕީގެ މުޒާހަރާ އާއި ދިމާކޮށް ސަރުކާރުގެ ގިނަ ކުންފުނިތަކުން އަންނަނީ މާދަމާ ރޭގެ މުޒާހަރާގައި މުވައްޒަފުން ބައިވެރިވެދާނެތީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. އޭގެ ތެރޭގައި އެޗްޑީސީ އާއި އެމްޕީއެލް ފަދަ ކުންފުނިތަކުގެ އިތުރުން ކަސްޓަމްސް ވެސް ހިމެނެ އެވެ.