Advertisement

"ޕޭމަންޓް މޯލްޑިވްސް" ގެ ލޯގޯ ފަރުމާކޮށްގެން 30،000ރ. ހޯދުމުގެ ފުރުސަތު

2 އޮކްޓޯބަރު 2025 - 21:05 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


"ޕޭމަންޓް މޯލްޑިވްސް" ގެ ލޯގޯ ފަރުމާކޮށްގެން 30،000ރ. ހޯދުމުގެ ފުރުސަތު

2 އޮކްޓޯބަރު 2025 - 21:05 1

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުފައްދާ "ޕޭމަންޓް މޯލްޑިވްސް" ގެ ލޯގޯ ފަރުމާކޮށްގެން 30،000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕޭމަންޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަ ތަރައްގީ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ އީޖާދީ ޕޭމަންޓް ހިދުމަތެކެވެ.

އާންމުންނަށް ހުޅުވާލައިފައިވާ އެ މުބާރާތުގައި ޕޭމަންޓް މޯލްޑިވްސް ކުންފުނީގެ ތަސައްވުރު އެއިން ދައްކައިދޭ އަސްލު އަދި އުފެއްދުންތެރި ލޯގޯ ޑިޒައިންތައް ހުށަހެޅުމަށް ވަނީ ދައުވަތު ދީފަ އެވެ.

އެމްއެމްއޭ އިން ބުނީ އެ ލޯގޯ އިން ހިދުމަތް ލިބިގަންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، ވިޔަފާރިތައް ކުރިއެރުވުމާއި، އަދި ދިވެހިރާއްޖެ ޑިޖިޓަލް އިގްތިސާދަކަށް ބަދަލުވުމުގެ ތަސައްވުރު ފެންނަންވާނެ ކަމަށެވެ.

މުބާރާތުގެ އެއްވަނައަށް ހޮވޭ ލޯގޯއަކީ ޕޭމަންޓް މޯލްޑިވްސްގެ ރަސްމީ ކޯޕަރޭޓް އައިޑެންޓިޓީއަށް ވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ޑިޒައިންތައް ހުށަހަޅަން ހުޅުވާލީ އޮކްޓޯބަރު 16، ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށެވެ. ބައިވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައި ކުރިއާލާ ރަޖިސްޓަރީ ކުރަން ވެސް ޖެހެ އެވެ.

ހުށަހެޅޭ ޑިޒައިންތައް ވަޒަންކުރާނީ އެމްއެމްއޭ އިން ހޮވާލާ ފަޑިޔާރުންގެ ޓީމަކުން ކަމަށާއި ވީހާވެސް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ކޮންމެ ހުށަހެޅުމެއް ވެސް ފަޑިޔާރުންނާ ހަމައަށް ދާނީ ހުށަހެޅި ފަރާތަކީ ކާކުކަން ހާމަނުވާނެ ގޮތަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.