1 އޮކްޓޯބަރު 2025 - 13:19 0
ލީވާން އަލީ ނާސިރު
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި -- ފޮޓޯ: ދިރާގު
1 އޮކްޓޯބަރު 2025 - 13:19 0
ދިރާގުގެ 37 ވަނަ އަހަރީ ދުވަހަށް އަމާޒުކޮށް ހާއްސަ އޮފާތަކެއް ކަސްޓަމަރުންނަށް ތައާރަފްކޮށްފި އެވެ.
އަހަރީ ދުވަހާ ގުޅިގެން ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމަރުންނަށް ހާއްސަކޮށް ޖުމްލަ ހަތަރު އޮފާއެއް ވަނީ ތައާރަފްކޮށްފަ އެވެ.
ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒު ވިދާޅުވީ އޮފާތައް ތައާރަފްކުރީ އެ ކުންފުންޏަށް 37 އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންގެ އަގު ވަޒަންކޮށް އުފަލުގައި ބައިވެރިކުރުމަށް ކަމަށެވެ.
"ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތައް ގުޅުވާލައި، ބާރުވެރިކޮށް، އެންމެ ރަނގަޅު ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
• މިއަދު ހެނދުނު 10:00 އިން 18:00 އާ ދެމެދު #225* އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ.
ދިރާގު X އައިސިކް: ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ތައާރަފްކޮށްފައި ޕްލޭން މެދުވެރިކޮށް އައިސިކް އަދި ދިވެހި ޕާޓްނަރުންގެ ފަރާތުން ހާއްސަ އޮފާތަކާއި، ޓެލެކޮމް އިނާޔަތްތައް ލިބޭނެ. އެ ޕްލޭން ސަބްސްކްރައިބް ކުރެވޭނީ ދިރާގުގެ އެޕް މެދުވެރިކޮށް.
• އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ދިރާގުއެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދޭނެ.
• ދިރާގު ނެޓްޕްރޮޓެކްޓް: އޭއައިގެ އެހީތެރިކަމާއެކު އިންޓަނެޓްގެ ރައްކާތެރިކަން އެންމެ 35ރ. އިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ. ހިދުމަތް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ.
ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން 1988 އިން ފެށިގެން ދިރާގުން ވަނީ ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބިނާކުރުމުގެ މުހިންމު ދައުރު އަދާކޮށްފަ އެވެ. އެ ކުންފުނިން ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް 100 ޕަސަންޓް މޮބައިލް ކަވަރޭޖް ފޯރުކޮށްދީ، ޒަމާނީ ހިދުމަތްތައް ތައާރަފްކޮށްފަ އެވެ.
ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފްކޮށް، އެ ހިދުމަތް ރާއްޖޭގެ އާބާދީގެ 70 ޕަސަންޓަށް ފުޅާކޮށް، ރާއްޖޭގެ 100 ޕަސަންޓް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.
Comment