Advertisement

މެސީގެ އިންޓަ މިއާމީ ހިމެނޭ މާރާމާރީގެ މައްސަލަ ބަލަނީ

3 ސެޕްޓެންބަރު 2025 - 07:29 0


މެސީގެ އިންޓަ މިއާމީ ހިމެނޭ މާރާމާރީގެ މައްސަލަ ބަލަނީ

3 ސެޕްޓެންބަރު 2025 - 07:29 0

ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 3) - ލީގްސް ކަޕް ފައިނަލުގައި، ސިއޭޓަލް ސައުންޑާސް އަތުން 3-0 އިން ބަލިވި މެޗަށް ފަހު، އެ ޓީމާއި އިންޓަ މިއާމީގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ދެމެދު ހިނގި މާރާމާރީގެ މައްސަލަތައް ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފި އެވެ.

ލީގްސް ކަޕް ފައިނަލަށް ފަހު ހިނގި މާރާމާރީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، އޭގެއިން ފެންނަ ގޮތުގައި ދެ ޓީމުގެ ގިނަ ކުޅުންތެރިން މާރާމާރީ ހިންގަ އެވެ. އޭގެ ތެރެއިން، އިންޓަ މިއާމީގެ ފޯވާޑް، ލުއިސް ސުއަރޭޒް ވަނީ ސިއޭޓަލްގެ އޮފިޝަލެއްގެ މޫނަށް ކުޅު ޖަހައިފަ އެވެ.

އަދި، އިންޓަ މިއާމީގެ ބިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ކުޅުންތެރިއެއް ގައިގައި ޖަހާ މަންޒަރު ވެސް ފެނެ އެވެ.


ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކާއި މެޗު ކޮމިޝަނަރުގެ ރިޕޯޓާއި ހުރިހާ ކަމަކަށް ބެލުމަށް ފަހު، ޑިސިޕްލިނަރީ ކޮމިޓީން ވަނީ މައްސަލަތައް ބަލަން ފަށައިފަ އެވެ.

މި މައްސަލައިގައި އިންޓަ މިއާމީ އާއި ސިއޭޓަލް ސައުންޑާސްގެ ގިނަ ކުޅުންތެރިންތަަކަކަށް އަދަބު ލިބުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން، ޑިސިޕްލިނަރީ ކޮމިޓީން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އަޅާ ފިޔަވަޅުތައް ފައިނަލް ކުރާނެ އެވެ.

ޖުމްލަ، 69،314 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ތެރެއިން ވެސް ރެފްރީގެ ނިންމުންތަކާ މެދު ހިތްހަަމަނުޖެހުން ފާޅުކޮށް ދެ ޓީމުގެ މެދުގައި ގިނަ ފަހަރުތަކެއްގެ މަތިން ބަހުގެ ހަަމަލާ ބަދަލުކުރި އެވެ.

އެމްއެލްއެސް ސީޒަނުގައި މި މަހު 16 ވަނަ ދުވަހު ސިއޭޓަލް ސައުންޑާސް އާއި މިއާމީ ކުޅޭ މެޗު އޮންނާނެ އެވެ.