Advertisement

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 1,500 ގޭމަރުންނާއެކު ފަށަނީ

23 ޖުލައި 2025 - 11:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 1,500 ގޭމަރުންނާއެކު ފަށަނީ

23 ޖުލައި 2025 - 11:38 0

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 1،500 އަށްވުރެ ގިނަ ގޭމަރުންނާއެކު ފަށަން ތައްޔާރުވެއްޖެ އެވެ.

އެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖުލައި 31، އިން ފެށިގެން އޮގަސްޓް 2، ނިޔަލަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގަ އެވެ.

ހަތަރު މެޗުގެ ފޯމެޓަށް ކުރިއަށްގެންދާ ޑީއެމްޖީސީ މުބާރާތުގެ އެފްސީ 25 އަދި ރޮކެޓް ލީގް ޓޯނަމެންޓްގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި 27، ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މުބާރާތުގެ ވަނަވަނައަށް ދާ ކުޅުންތެރިންނަށް ޖުމްލަ 170،000ރ. ދޭނެ އެވެ.

ޑީއެމްޖީސީގައި ހިމެނޭ މައިގަނޑު ގޭމިން މުބާރާތްތަކުގެ އިތުރުން އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް ރޭސިން ސްޓިމިއުލޭޓާ ޒޯން، ވާޗުއަލް ރިއާލިޓީ (ވީއާރު) ޒޯން، ފްރީ ޓު ޕްލޭ ޒޯނަކާއެކު ބޯޑް ގޭމްސް ފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އަދި ގޭމިންގ ކޮމިއުނިޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.