Advertisement

ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީއަކަށް އެމެރިކާގެ ލިއޯ އިންތިހާބުކޮށްފި

ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީއަކަށް އެމެރިކާގެ ރޮބަޓް ފްރެންސިސް ޕްރިވޯސްޓް (ޕޯޕް ލިއޯ) -- ފޮޓޯ: އޭޕީ


ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީއަކަށް އެމެރިކާގެ ލިއޯ އިންތިހާބުކޮށްފި

ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީއަކަށް އެމެރިކާގެ ރޮބަޓް ފްރެންސިސް ޕްރިވޯސްޓް (ޕޯޕް ލިއޯ) އިންތިހާބުކޮށްފި އެވެ.

މިއީ އެމެރިކާއަށް ނިސްބަތްވާ ރައްޔިތަކު ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީއަކަށް އިންތިހާބުވި ފުރަތަމަ ފަހަރެވެ.

ޕޯޕް ލިއޯ އިންތިހާބުވުމާ ގުޅިގެން ވޯޓުލުން ކުރިއަށް ގެންދިޔަ ވަޓިކަން ސިޓީގައި އޭނާއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ މަރުހަބާ ކިޔާފައިވެ އެވެ.

ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީއަކަށް ލިއޯ، 69 އިންތިހާބުކުރީ އެ މަގާމުގައި ހުންނެވި ހޮރްހޭ މާރިއޯ ބެރްގޯލިއޯ (ޕޯޕް ފްރާންސިސް) އުމުރުން 88 އަހަރުގައި މަރުވުމާ ގުޅިގެންނެވެ.

ޕޯޕް ފްރާންސިސްއަކީ ފާއިތުވި 12 އަހަރު ވެސް ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީ އެވެ.