Advertisement

އިންޑިއާގެ ހަމަލާތަކުގައި 26 މަރު، ޕާކިސްތާނުން ދިން ރައްދުގައި 10 މަރު

7 މޭ 2025 - 16:50 0


އިންޑިއާގެ ހަމަލާތަކުގައި 26 މަރު، ޕާކިސްތާނުން ދިން ރައްދުގައި 10 މަރު

7 މޭ 2025 - 16:50 0

އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 26 މަރުވެފައިވާ ކަމަށާއި އޭގެ ރައްދެއްގެ ގޮތުން ޕާކިސްތާނުން ފޮނުވި ހަމަލާތަކުގައި 10 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި އާންމުންނަށް އަމާޒުކޮށް އޭޕްރީލް 22، ގައި ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ. ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. އެ ހަމަލާގައި 23 މީހުން މަރުވި އެވެ.

ރޭގެ ވަގުތެއްގައި އިންޑިއާއިން ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާ ދިނީ އެ ޓެރަރިސްޓް ހަމަލާގެ ރައްދެއްގެ ގޮތުންނެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ބުދަ ދުވަހު ދިން ވައިގެ ހަމަލާތައް ކުށްވެރިކުރައްވައި އެ ގައުމުން ބަދަލު ހިފާނެ ކަމަށް ވިދާޅުވެފަ އެވެ.

ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕާކިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ހާއްްސަ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ކެބިނެޓުގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

އިންޑިއާއިން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުން ހަމަލާ ދިނީ ޓެރަރިސްޓުން ހިމާޔަތް ހޯދަމުން ދިޔަ ނުވަ ސަރަހައްދަކަށެވެ. އޭގެ ތެރެއިން ހަތަރު ސަރަހައްދެއް ޕާކިސްތާންގެ ޕަންޖާބުގައި ހުރިއިރު ދެން ހުރި ފަސް ސަރަހައްދަނީ ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި ހުރި ސަރަހައްދުތަކެވެ. އެއީ ޓެރަރިސްޓުން ހިމާޔަތް ހޯދަމުންދިޔަ ތަންތަން ނޫން ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ އަސްކަރީ ފަސް މަތިންްދާބޯޓަކާއި ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެ އެވެ. ނަމަވެސް އިންޑިއާއިން އެކަން ޔަގީންކޮށްދީފައި ނުވެ އެވެ.

އިންޑިއާ އަދި ޕާކިސްތާނަކީވެސް ނިއުކްލިއާ ގާބިލުކަން ހުރި ދެ ގައުމެވެ. މިހާރު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަނީ މިކަމާ ގުޅިގެންނެވެ.