Advertisement

ޒުމްބާ ފަދަ ޑާންސްތަކުގެ ފައިދާ

3 މޭ 2025 - 07:04 1

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


ޒުމްބާ ފަދަ ޑާންސްތަކުގެ ފައިދާ

3 މޭ 2025 - 07:04 1

‏ހަށިގަނޑުން ބަރުދަން ލުއިކުރުމަށް އެދޭ ފަރާތްތަކަށް އެކަމަށް ‏‏މަގުފަހިވާނެ މަޖާ ޑާންސްގެ ސްޓައިލްތަކެއް ހުރިކަމަށް ސިއްހީ ‏‏މާހިރުން ވިދާޅުވެ އެވެ. މީގެ ތެރެއިން ޒުމްބާ ފަދަ ޑާންސް ‏‏ސްޓައިލްތަކަކީ ބަރުދަން ލުއި ކުރުމަށް ވަރަށް ބޮޑަށް ‏‏އެހީވެދޭނެ ކަސްރަތުތަކެއް ކަމަށް އެބޭފުޅުން ލަފާދެއްވަ އެވެ.‏

‏ޒުންބާ ފަދަ ޑާންސަކީ ހިތުގެ ވިންދު އަވަސްވެ، ހަށިގަނޑު ލުއި ‏‏ކުރުމަށް މަގުފަހިވާ ކަސްރަތެއްގެ ގޮތުގައި ބެލެވޭއިރު، ‏‏ޑާންސްކުރުމުން މުޅި ހަށިގަނޑު ހަރަކާތްކޮށް، ކެލަރީ އަންދާ، ‏‏ހިތުގެ ދުޅަހެޔޮކަން އިތުރުވެ، މަސްތައް ވަރުގަދަކޮށްދެއެވެ.

ޑާންސަކީ އޭގެ ޒާތުގައި އިންސާނުން މަޖާކުރަނިވި ކަމަކަށްވުމާއެކު، ކަސްރަތުކުރާކަމުގެ ‏‏އިހުސާސް ނުވެ ގިނަ ވަގުތު ކަސްރަތުގައި ހޭދަކުރެވޭނެ ‏‏ހަރަކާތެކެވެ.‏

‏ޒުމްބާއަކީ ލެޓިން އެމެރިކާއިން ފެށުނު ހަލުވި މިއުޒިކާއި ‏‏އަވަސް ހަރަކާތްތަކެއް އެކުލެވޭ ޒުންބާ ދިވެހިންނަށް ވެސް ވަނީ ކަމުގޮސްފަ އެވެ.

‏އެއް ގަޑިއިރުގެ ޒުމްބާ ސެޝަނަކުން 400 އިން 700 އަށް ‏‏ކެލަރީ އެންދޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ‏

‏މީގެ އިތުރުން ޒުމްބާ ޖެއްސުމުން މަސްތަކާއި ކަށިތައް ވަރުގަދަވެ، ‏‏ހަށިގަނޑުން ކެލޮރީސް އުނިވާ މިންވަރު އިތުރުވާނެ އެވެ.‏

‏ޒުންބާ ފަދަ ޑާންސްކުރުމުން ބަރުދަން ލުއިވުމުގެ އިތުރުން ‏‏ނަފުސާނީ ގޮތުންވެސް ފައިދާ ކުރެ އެވެ. މިގޮތުން ހަށިގަނޑު ލުއިވެ، ސްޓްރެސް ‏‏ކުޑަވުމުން ކޯޓިސޯލް ހޯމޯން އުފެދޭ މިންވަރު މަދުވެ، ހަށިގަނޑުގައި ‏‏ލޮނު ޖަމާވުން މަދުވާ ކަމަށް ވެއެވެ.‏

‏އެހެންކަމުން ހަށިގަނޑު ލުއި ކުރުމަށް އެދޭ ފަރާތްތަކަށް ޒުމްބާގެ އިތުރުން ‏‏އެހެން ޑާންސް ސްޓައިލްތައްވެސް ބޭނުންކުރެވިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މިކަމަށް ޝައުގުވެރިވާ ‏‏ފަރާތްތަކުން އެމީހުންނަށް އެންމެ ގަބޫލުކުރެވޭ ޑާންސްގެ ‏‏ސްޓައިލެއް ހިޔާރުކުރާށެވެ. އޭރުން ކަސްރަތު ކުރާހެން ހީނުވެ ހަށިގަނޑަށް އެ ލިބިގެން ދަނީ ބޮޑު ފައިދާ އެކެވެ.