17 އޭޕްރީލް 2025 - 18:36 0
ލީވާން އަލީ ނާސިރު
"ބުރުނު ބޮމަ" މަސް ރޭސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކުރުން: އެ މަސް ރޭސް އޮންނާނީ އަންނަ މަހު -- ފޮޓޯ: ދިރާގު
17 އޭޕްރީލް 2025 - 18:36 0
ވިޒިޓް މޯލްޑިވްސް ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ ފޯރިގަދަ މަސް ރޭސް ކަމަށްވާ "ބުރުނު ބޮމަ" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.
ދިރާގުން ބުނީ އަންނަ މެއި 2، އިން 4 އަށް މެރީނާ ބޭ ކްރޮސްރޯޑުގައި ބާއްވާ އެ މަސްރޭހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ވަރުގަދަ އެންގްލަރުން ފެންނާނެ ކަމަށެވެ.
އެ މުބާރާތުގައި ރާއްޖޭގެ ގްލޯބަލް ސްޕޯޓް ފިޝިން އެމްބެސެޑަރު އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރެއް ކަމުގައިވާ ފްލައި ނަވާރޯ ފެނިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
"މުނިފޫހިފިލުވުމުގެ ކުލަގަދަ ހަރަކާތްތަކާ އެކު ބާއްވާ އެ މުބާރާތް ވެގެންދާނީ ރާއްޖޭގައި ފެންވަރުގައި ބާއްވާ ތަފާތު ހަރަކާތަކަށް. އެއީ ކުޅިވަރުގެ މަސްވެރިކަމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް އެހީތެރިވެގެންދާނެ ކަމަކަށް،" ދިރާގުން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް ކްލަބަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ރަސްމީ ރިކްރިއޭޝަނަލް ކްލަބެވެ. އެ ކްލަބުގެ މަގްސަދަކީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމެވެ.
ދިރާގުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވަައި، ރާއްޖޭގެ ކަނޑުތައް ހިމާއަތްކޮށް، ދެމެހެއްޓިނިވި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
Comment