Advertisement

‎ ‎‏ރަޔަޓް ގޭމްސްއިން "ބްރޯލް"ގެ ނަމުގައި އާ ‏‏ގޭމެއް ނެރެފި

16 އޭޕްރީލް 2025 - 09:43 1

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


‎ ‎‏ރަޔަޓް ގޭމްސްއިން "ބްރޯލް"ގެ ނަމުގައި އާ ‏‏ގޭމެއް ނެރެފި

16 އޭޕްރީލް 2025 - 09:43 1

‏ލީގް އޮފް ލެޖެންޑްސް ތައްޔާރުކުރާ ރަޔަޓް ‏‏ގޭމްސްއިން "ބްރޯލް" ނަމުގައި އާ ގޭމް މޯޑެއް ‏‏ތައާރަފުކޮށްފި އެވެ. މި މޯޑަކީ ސަމަނާސް ‏‏ރިފްޓާ އަޅާބަލާއިރު ސްޓްރެޓެޖީ މަދު، ‏‏އެކްޝަން ގިނަ މޯޑެކެވެ‏‎.‎

‏ޕެޗް 25.10 ގައި ނެރުމަށް ހަމަޖެހިފައިވާ މި އާ ‏‏މޯޑުގައި ފަސް މީހުންގެ ދެ ޓީމެއް ކުޑަ ‏‏ސަރަހައްދެއްގައި ވާދަކޮށް، އެއްބަޔަކު ‏‏އަނެއްބަޔަކު މަރާލައި، އަދި ދެކޮޅު ޓީމުގެ ބޭސް ‏‏ފުރަތަމަ ހަލާކުކުރަން މަސައްކަތްކުރާނެއެވެ‏‎.‎

‏ބްރޯލްގެ ގޭމްތައް ކުރިއަށްދާނީ އޭރަމް ފަދަ ‏‏އެހެން ނޮން-ކޮމްޕެޓިޓިވް 5‏v5 ‎‏މޯޑުތަކާ ‏‏އެއްގޮތަށް އަވަސް ދުވެއްޔެއްގަ އެވެ. ނަމަވެސް ‏‏އޭރަމްއާ ހިލާފަށް، ބްރޯލްގައި ކުޅުންތެރިންނަށް ‏‏ޗެމްޕިއަންސް އިހުތިޔާރުކުރެވޭނެ އެވެ. އަދި ‏‏ސްޓްރެޓެޖިކް އުންސުރުތައް މަދުވާނެ އެވެ. ‏‏މިގޮތުން، ލީގް އޮފް ލެޖެންޑްސް ދަސްކުރުމަށް ‏‏ހުރި ގިނަ އުނދަގޫތައް ނައްތާލައި، އާ ‏‏ކުޅުންތެރިންނަށް ފަސޭހައިން ގޭމަށް ‏‏އަހުލުވެރިވެވޭނެ އެވެ‏‎.‎

‏ރަޔަޓް ގޭމްސްއިން ބުނީ ބްރޯލްގެ އައިޑިއާ ‏‏އައިސްފައި ވަނީ އެފްޕީއެސް ގޭމްތަކުގެ ޓީމް ޑެތްމެޗް ‏‏މޯޑުތަކުން ހިޔާލު ލިބިގެން ކަމަށެވެ. މި ‏‏މޯޑުތަކުގައި ކުޅުންތެރިންނަށް ގިނަ ވަގުތު ‏‏ހޭދަކޮށްގެން ދަސްކުރުމަކާ ނުލައި މެކޭނިކްސް ‏‏ޓެސްޓުކޮށް، ގޭމްގެ މައިގަނޑު ކުޅުން ‏‏އެންޖޯއިކުރެވޭނެ އެވެ‏‎.‎

‏ބްރޯލް މޯޑުގައި ކޮންމެ ޓީމެއް ފަށާނީ 250 ‏‏ހެލްތުންނެވެ. ދެކޮޅު ޓީމުގެ ހެލްތު ސުމަކަށް ‏‏ގެނައުމަށް ފުރަތަމަ ކާމިޔާބުވާ ޓީމު ކާމިޔާބުވީ ‏‏ކަމުގައި ބެލެވޭނެއެވެ. ހެލްތު ދަށްކުރެވޭނެ ‏‏ގޮތްތަކުގެ ތެރޭގައި ކޮންމެ ޓޭކްޑައުނަކުން ފަސް ‏‏ޑެމޭޖް ލިބުން ހިމެނެއެވެ‏‎.‎

‏ލީގް އޮފް ލެޖެންޑްސްއަކީ ދުނިޔޭގެ އެންމެ ‏‏މަގުބޫލު އޮންލައިން މަލްޓިޕްލޭޔަރު ބެޓްލް ‏‏އެރީނާ (މޯބާ) ގޭމްތަކުގެ ތެރެއިން އެއް ގޭމެވެ. ‏‏2009 ވަނަ އަހަރު ތަޢާރަފުކުރެވުނު މި ގޭމުގައި ‏‏މިހާރު 150 އަށްވުރެ ގިނަ ޗެމްޕިއަންސް ނުވަތަ ‏‏ކެރެކްޓަރުން ހިމެނެއެވެ. ކޮންމެ މަހަކު 180 ‏‏މިލިއަނަށްވުރެ ގިނަ މީހުން މި ގޭމު ކުޅެއެވެ. ‏

‏ރަޔަޓް ގޭމްސްއިން ގަވާއިދުން އާ ކޮންޓެންޓާއި ‏‏އަޕްޑޭޓްތައް ނެރެމުންދާއިރު، "ބްރޯލް" އަކީ ‏‏ގޭމުގެ ތާރީޚުގައި ތަޢާރަފުކުރެވޭ އެންމެ ބޮޑެތި ‏‏އައު ފީޗާތަކުގެ ތެރެއިން އެއް ފީޗާ ކަމުގައި ‏‏ބެލެވެއެވެ.‏